މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

    މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ. 

މަޤާމު

އެޓެންޑެންޓް

މަޤާމުގެ ނަންބަރު

J-254075

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

އެސް.އެސް 2

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާރފް ގްރޭޑް 2

ޑިވިޝަން / ސެކްޝަން

ނާރސިންގ ސާރވިސް ޔުނިޓް

މަޤާމު އޮތް އޮފީސް

ކ.މާފުށީ ޞިއްޙީމަރުކަޒު

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ކ.މާފުށީ ޞިއްޙީމަރުކަޒު

މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް1

ސަޕޯޓިންގ ކޯ އެލަވަންސް1 ގެ ގޮތުގައި -/1200 ރުފިޔާ

އެހެނިހެން އެލަވަންސް

- ރިސްކް އެލަވަންސް ގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  • ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމުގައި ނަރުހުން ހަވާލުކުރާ މަސައްކަތްތައް ކުރުން.
  • ބަލިމީހުން އުފުލުމުގައި އެހީތެރިވެދީ، އޮބްސަރވޭޝަން / އެޑްމިޝަންގައި ބާއްވާ ބަލިމީހުންގެ ކަންތައް ތަކުގައި ނަރުހުންނަށް އެހީތެރިވުން.
  • ކްލިނިކަލް އޭރިއާ ތަކުގައި އުފެދޭ ނައްތާލަންޖެހޭ ކުނި ނައްތާލުން.
  • ކްލިނިކަލް އޭރިޔާ ތަކުގެ ތެރޭގައި ހުންނަ ފަރުނީޗަރާއި މެޝިނަރީ ފަދަ ތަކެތި ފޮޅާ ސާފުކުރުން.
  • ކްލިނިކަލް އޭރިއާތަކުގެ އެނދުތަކުގެ ތަންމަތި ބަދަލުކުރުމާއި ޑިސްއިންފެކްޓް ކުރުން
  • ބަލިމީހުންނަށް ބޭނުންކުރާ އިކުއިޕްމަންޓްސް ފަދަ ތަކެތި ފޮޅާ ސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރައިލްކުރުން.
  • ކަނޑައެޅިފައި އޮންނަ ގަޑިތަކުގައި ކްލިނިކަލް އޭރިޔާ ކުނިކަހާ، މޮޕްއަޅާ ސާފުކުރުމާއި ފާޚާނާތައް ދުވެ ސާފުކޮށް ބެލެހެއްޓުން.
  • މުވައްޒަފަކު ޗުއްޓީއެއް ނެގުމާއި، ސަލާމް ބުނާ ދުވަސްތަކުގައި ހަވާލުކުރެވޭ އެ މުވައްޒަފުގެ މަސައްކަތްތައް ކުރުން.
  • މީގެ އިތުރުން މަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެހެން މުވައްޒަފުންގެ މަސައްކަތް ތަކުގައި ބައިވެރިވެ އެހީތެރިވުން.

 

   މަޤާމުގެ ޝަރުތުތައް:

 

1-      ލިޔަންކިޔަން އެނގުން

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް5 ނިންމިކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

2-      މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް ހާޞިލްކޮށްފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

ސާފުކުރުމާ ބެލެހެއްޓުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

1 - ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. މި ފޯމު ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ (www.health.gov.mv ) ވެބްސައިޓުންނާއި މި މަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.

2 - ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އިނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،   ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ )

       (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިގޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-          ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-          ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 35% (ތިރީސް ފަހެއް ) އިންސައްތަ އަށްވުރެ އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮކްޓޯބަރ 07 ވާ ހޯމަ  ދުވަހުގެ 13:30 ގެ ކުރިން، މާފުށި ޞިއްޚީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި   މުއްދަތު:

 

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ދެ ހަފްތާ ތެރޭގައި، މާފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް  ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މާފުށީ ޞިއްޙީމަރުކަޒުގެ ނަންބަރު 6640414 ފޯނާއެވެ.  

 

 26 މުޙައްރަމް 1441

25 ސެޕްޓެމްބަރ 2019

25 ސެޕްޓެންބަރު 2019
ހޯދާ