ދިވެހިރާއްޖެ
މޮންޓްރިއަލް ޕްރޮޓޮކޯލްއާއި ގުޅޭ ޕްރޮޖެކްޓްތައް ހިންގުމާއި ގުޅޭ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ޕްރޮޖެކްޓް އޮފިސަރ
މަލްޓިލެޓަރަލް ފަންޑް ފޮރަ ދަރ އިމްޕްލިމެންޓޭޝަން އޮފް ދަރ މޮންޓިރަލް ޕޮރޮޓޯކޯލްގެ އެހީގެ ދަށުން އޯޒޯން ޔުނިޓުން ހިންގާ މަޝްރޫއުތަކުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެއް (01) ޕްރޮޖެކްޓް އޮފިސަރ އައްޔަންކުރުމަށް ބޭނުންވެއެވެ.
ޕްރޮޖެކްޓް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
- އެންވަޔަރަންމެންޓަލް މެނޭޖްމަންޓް/ސައިންސް މަސައްކަތާ ގުޅޭ ދާއިރާއަކުނރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް
- ޑޭޓާ އެއްކޮށް ރިޕޯރޓް ލިޔުމުގެ ތަޖުރިބާ ލިބިފައިވުން
- ޕްރޮޖެކްޓްއެއްގައި މަސައްކަތްކޮށްފައިވުން
ވީމާ މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައި ބަޔާންކުރެވިފައިވމައުލޫމާތުތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ހުށަހެޅުއްވުން އެދެމެވެ.
އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތަށް މަހަކު -/17,920 (ސަތާރަ ހާސް ނުވަ ސަތޭކަ ވިހި) ރުފިޔާދެވޭނެއެވެ.
މަސައްކަތުގެ މުއްދަތު:
- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 7 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ފޮނުވަންޖެހޭ އެޑްރެސް:
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392،
ދިވެހިރާއްޖެ
ފޯނު ނަންބަރު: 3018366
އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018366 ,3018301 އަށް ގުޅުއްވުން އެދެމެވެ.
25 ސެޕްޓެމްބަރ 2019