ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއް ގަހުގެ ވެރިން ސާފު ކުރުން

އިޢުލާން

 

            މިރަށު މަރުކަޒުގެ ބިމަށް އިތުރު ކުރާ ބިމުގައި ހުރި ރުއްގަހުގެ ވެރިންސާފު ކުރަން ބޭނުން ވެއެވެ. އެބިން އޮންނާނީ މަރުކަޒުގެހުޅަނގުން ނާރެސްމަގުގެ އުތުރުން ކަތީބު ކަލޭފާނު މަގުގެ އިރުން އާމިނާ ދިޔޯ ހިނގުމުގެ ދެކުނުގައެވެ.

            އެބިމުގައި ހުރި ރުއްގަހުގައި ހުދު ދަވާދުން ރަސްގެ ޖަހައި އަދި މިއިދާރާއިން ނަމްބަރެއް ޖަހާފައި ހުންނާނެއެވެ.

            ވީމާ، އެބިމުގައި ހުރި ރުއްގަހުގެ ވެރިން 10 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ވަޑައިގެން ރުކުގައި މިއިދާރާއިން ޖަހާފައިވާ ނަމްބަރ ގެނެސް ދެއްވުން އެދި ދެންނެވީމެވެ. މިމުއްދަތުގެ ތެރޭގައި ނަމްބަރު ނުގެންނަ ރުއްގަހާމެދު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާ ބެހޭ ޤާނޫނު) ގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

25 ސެޕްޓެންބަރު 2019
ހޯދާ