ދިވެހިރާއްޖެ
މަޤާމް :ކައުންސެލަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިއުލާން
މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލްފަރާތެކެވެ.
މަޤާމް: |
ކައުންސެލަރ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ނަންބަރު: |
J-316197 |
||||||||||||||||||||||||||||||||||||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||||||||||||||||||||||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||||||||||||||||||||||||
މަޤާމުގެ ރޭންކް: |
އެމް.އެސް. 2 |
||||||||||||||||||||||||||||||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
ސައިކޮލޮޖިސްޓް |
||||||||||||||||||||||||||||||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކްލިނިކަލް ޑިޕާޓްމަންޓް، ސެންޓަރފޮރ މެންޓަލް ހެލްތް ޑިވިޜަން، އޮޕްރޭޝަނަލް ސަޕޯޓް ޔުނިޓް / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ |
||||||||||||||||||||||||||||||||||||||
މުސާރަ: |
މަހަކު -/6295 ރުފިޔާ |
||||||||||||||||||||||||||||||||||||||
ސަރވިސް އެލެވަންސް: |
މަހަކު -/2500 ރުފިޔާ |
||||||||||||||||||||||||||||||||||||||
ރިސްކް އެލެވަންސް: ޓެކްނިކަލް ކޯ އެލަވަންސް: |
-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް) މަހަކު -/1762.6 ރުފިޔާ (މުސާރައިގެ %28) |
||||||||||||||||||||||||||||||||||||||
އެހެނިހެން އެލަވަންސް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||||||||||||||||||||||||||||||||||||||
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1-އިންޓަރވިއު، އޮބްސަރވޭޝަން ނުވަތަ ތަހުލީލްތައް މެދުވެރިކޮށް، އިންޕޭޝަންޓް އަދި އައުޓް ޕޭޝަންޓުންނަށް ކައުންސެލިންގެ ހިދުމަތް ދިނުން. 2. ޑޮކްޓަރުން، ނަރުހުން، ސޯޝަލް ވޯކަރުން، ސައިކޭޓްރިސްޓްސް ފަދަ ސިއްހީ ދާއިރާގެ ގުޅުންހުރި ފަރާތްތަކާއިއެކު ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން. 3. ހިދުމަތްހޯދާ ފަރާތްތަކުގެ ރިކޯޑްތަކުގެ ސިއްރު ހިފެހެއްޓުން 4. ހިދުމަތްހޯދާ މީހާގެ ފަރުވާއާއިގުޅޭ ރިކޯޑްތައް އަދާހަމަކޮށް ރަނގަޅަށް ބެލެހެއްޓުން. 5. އެހެން ޑިޕާޓްމަންޓުތަކާއި ގުޅިގެން ކައުންސެލިންގ ހިދުމަތް ބޭނުންވާ ފަރާތްތަކަށް އެހިދުމަތް ދިނުން. 6. ދޭ ހިދުމަތްތަކާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ފޯމް، ފަރުވާގެ ރިކޯޑް އަދި ޕްރޮގްރެސް ނޯޓްތައް އަދާހަމަކޮށް ބެލެހެއްޓުން. 7. މެންޓަލް ހެލްތާއި ގުޅޭ އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން.
|
||||||||||||||||||||||||||||||||||||||
މަޤާމުގެ ޝަރުތުތައް: |
ކައުންސެލިންގ ނުވަތަ ސައިކޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
||||||||||||||||||||||||||||||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
||||||||||||||||||||||||||||||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.
|
||||||||||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ[email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||||||||||||||||||||||||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 8 އޮކްޓޯބަރ 2019 އާއި 30 އޮކްޓޯބަރ 2019 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ. |
||||||||||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
||||||||||||||||||||||||||||||||||||||
|
26 މުހައްރަމް 1441 25 ސެޕްޓެމްބަރ 2019 |