ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: IUL10-F/10/2019/118
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްއަށް ތިރީގައި މިދަންނަވާ ފޮތްތައް ޗާޕް ކުރުމަށް ކުރެވުނު ނަންބަރ: (IUL)10-F/10/2019/113 (12 ސެޕްޓެންބަރު 2019) އިޢުލާނާއި ގުޅިގެން ބިޑް ސަމްބިޑު ކުރުމަށް ޙާޟިރުވެފައިވަނީ އެންމެ ފަރާތުން ކަމަށްވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
1- ޖުވަނައިލް ޖަސްޓިސް ޓްރެއިނިންގ ބުކްލެޓް
2- ޤާނޫނާ ޚިލާފުވާ ކުދިންގެ ރިޕޯޓް
3- ހަރުދަނާ މައިންބަފައިންގެ ތަމްރީން
4- ވިއަވަތި ބުރޯޝާ
5- ވިއަވަތި ފޮތްބައި (އިސްލާމް އަދި ޤާނޫނީ ހޭލުންތެރިކަން)
ވީމާ، މަތީގައިވާ ފޮތްތައް ޗާޕް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 އޮކްޓޫބަރު 2019 އަންގާރަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.