މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ރެފްރިޖަރެންޓް ޑްރައިވިންގ ލައިސަންސް

 

ރެފްރިޖަރެންޓް ޑްރައިވިންގ ލައިސަންސް

މާލެ، ދިވެހިރާއްޖެ

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް އިން ފަށާފައިވާ ރެފްރިޖަރޭޝަން ސެޓްފިކޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތާވަލު ތިރީގައި އެވަނީއެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން، ބައިވެރިވެލައްވަން ބޭނުންވާ ޕްރޮގްރާމް (ޕްރޮގްރާމް1, 2، 3، 4، 5) އެނގޭނެ ގޮތަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވުން އެދެމެވެ.

 

މި ޕްރޮގްރާމްގެ މަޤްސަދަކީ ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ އެ ދާއިރާގައި ބޭނުންކުރާ އިކުއިޕްމަންޓް އަދި ގޭސް ގެންގުޅުމުގައި ބައިނަލްއަޤްވާމީ  ފެންވަރުގައި ކަނޑައެޅިފައިވާ ސްޓޭންޑާޑްތަކުގެ ދަށުން ތަމްރީނު ލިބިފައިވާ ޓެކްނީޝަންތަކަކަށް ހެދުމެވެ.

 

ކެންޑިޑޭޓުންގެ ޝަރުތު

  • ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއިން ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ލިބިފައިވުން.

 

ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ދުވަސްތަކާއި ގަޑި

program

Date

Start time

End time

1

October 9 

0900

1600

October 10 

1500

2100

October 12

1500

2100

2

October 22

0900

1600

October 23

0900

1600

October 24

0900

1600

3

November 13

0900

1600

November 14

0900

1600

November 16

0900

1600

4

November 24

0900

1600

November 25

0900

1600

November 26

0900

1600

5

December 2

0900

1600

December 3

0900

1600

December 4

0900

1600

 

 

 

 

 

 

އަދަދު

  • ކޮންމެ ޕްރޮގްރާމްއަކަށް 10 ފުރުސަތު

ހުށަހަޅަންޖެހޭ ތަކެތި

  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަދި މިހާރު ކުރަމުންދާ މަސައްކަތާއި މަސައްކަތްކުރާތައް ހިމެނޭގޮތަށް)
  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ޕްރޮގްރާމަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ މަތީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ (ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައެޅި އެކްރެޑިޓްކޮށްފައިވާ ކޮޕީ)

ސުންގަނޑި

2 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން

ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް

އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ[email protected]   އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

 

ނުވަތަ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ކައުންޓަރަށް ހުށަހަޅުއްވާނަމަ، ބަންދު ސިޓީއުރައެއްގައި، " ރެފްރިޖެރެންޓް ޑަރައިވިންގ ލައިސަންސް ޕްރޮގްރާމްގައި ރަޖިސްޓަރވުމަށް އެދި" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

އިތުރުމައުލޫމާތު:

ފޯން: 3018369، 3018361

ފެކްސް: 3018301

އީމެއިލް: [email protected]

23 ސެޕްޓެންބަރު 2019
ހޯދާ