ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން ގާއިމްކުރާ ހައުސިން ޔުނިޓުތަކާގުޅޭ

                  

                 ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސިޔާސަތުގެ ދަށުން މިއަތޮޅުގައި 1000 ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައެވެ.މިސިޔާސަތުގެ ދަށުން ގާއިމްކުރާ ހައުސިންގ ޔުނިޓްތައް،ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އިމާރާތް ނުކުރެވިހުރި ގޯތިތަކާއި އިމާރާތްކުރުމަށް ފަށައި ދިރިއުޅެވޭނެ ފެންވަރަށް ހަދައި ނުނިމި ގިނަދުވަސް ވެފައިވާ ގޯތިތަކާއި،ގޯތީގައި ދިރިއުޅެމުންދާ ކަމުގައި ވީނަމަވެސް ދާއިމީ ބޯހިޔާވެހިކަމަށް ނުފެތޭ ފެންވަރުގައި ދިރިއުޅެމުންދާ ގޯތިތަކުގައި އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

                   މިމަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފަރާތްތައް ކަނޑައެޅޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްގެ "ބޯހިޔާވެހިކަމުގެ ވައުދުގެ ދަށުން އަތޮޅުތަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓް އިމާރާތްކުރުމާބެހޭ އުސޫލުގެ" ދަށުންނެވެ.

              

                    ވީމާ،ހައުސިންގ ޔުނިޓްތަކަށް ގާއިމްކުރުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ވަންދޫ ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓް ކުރުން އެދެމެވެ.އަދި މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފު ކުރުމަށް ބޭނުންފުޅުވާނަމަ މިކައުންސިލް އިދާރާގެ ނަމްބަރު 7980047 ގުޅުއްވާ މައުލޫމާތު ސާފުކުރުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

23 ސެޕްޓެންބަރު 2019
ހޯދާ