މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރާއި ލ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސެލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރަށާއި، ލ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިއަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި :[email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.

   3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 24 ސެޕްޓެމްބަރ 2019 ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

   4. ބީލަން ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި ލ.ފޮނަދޫ ޕޮލިސް ސްޓޭޝަން ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

   5. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

   6. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 25 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ .14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ. 

   7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

  ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

މޯލްޑިވްސް ޕޮލިސް ސަރވިސް

އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

ފޯން: 9790052

އީ-މެއިލް: [email protected]

ކޮޕީ: [email protected]

22 ސެޕްޓެމްބަރ 2019

 

ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު

ޕްރޮޖެކްޓް ނަންބަރ: PC-171/2019/W- L187  

އިރުޝާދު ނަމްބަރު

ތަފްސީލް

1.0

ބީލަމުގެ މަޢުލޫމާތު

1.1

ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ  މުއްދަތުގެ ތެރޭގައި ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.

އީމެއިލް: [email protected] 

ކޮޕީ: [email protected]

1.2

މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ ތިރީގައި އެވާ ތާރީޚުގައި އިޢުލާނުގައި ދެވިފައިވާ އެޑްރެހުގައެވެ.

ތާރީޚް:  މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

1.3

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންއަށެވެ.

ތާރީޚް:  30 ސެޕްޓެމްބަރ 2019

ގަޑި:   14:00

1.4

ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ވަގުތު ތިރީގައި އެވަނީއެވެ.

ތާރީޚް:  24 ސެޕްޓެމްބަރ 2019

ގަޑި:  16:00

1.5

ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި 1.1 ވަނަ މާއްދާގައިވާ އެޑްރެސްތަކަށް މެއިލް އިން މިމަސައްކަތަށް ޝައުޤުވެރިވެލައްވާކަން ޕްރޮޖެކްޓް ނަންބަރ އަދި އިއުލާން ނަންބަރ ލިޔެ ފޮނުވާލުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބުމުންނެވެ.

2.0

ބީލަން ހުށަހެޅުން

2.1

އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން އެގެން އޮންނަންވާނެއެވެ. މިއާއި ހިލާފަށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

2.2

މިބީލަމުގައި ރަޖިސްޓްރީވުމަށް ފޮނުވާފައިވާ " Bid Registration Form " އަދި ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް އަންދާސީހިސާބާއިއެކު ހުށަހަޅަންވާނެއެވެ.

2.3

ޖީ.އެސް.ޓީ ނެގޭ މުދަލެއް / ހިދުމަތެއްނަމަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެން ދިވެހި ރުފިޔާއިންނެވެ. ހުށަހަޅާ އަންދާސީ ހިސާބުގައި އަގުތައް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅުމަށް ދެވިފައިވާ ހުރިހާ ބައިތަކަށް އަގު ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާ އަންދާސީ ހިސާބުގެ ވެލިޑިޓީއަކީ އަންދާސީ ހިސާބު ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތެކެވެ.

2.4

އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބުތައް ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޞިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު، އަގަށް ބަދަލެއް ނުގެނެވޭނެއެވެ.

ބީލަން ހުޅުވަން ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ހުޅުވަން ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

2.5

އަންދާސީހިސާބު ހުށަހަޅާ ފަރާތުން ކަނޑައެޅިފައިވާ ގަޑިއަށް ހާޞިރުވާން ވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އަންދާސީހިސާބާއި ބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރުގެ މީހަކު ހާޞިރުވާން ވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ޚިލާފު އުފެދޭ ނުވަތަ އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެކަމެއް ސާފުކުރަންޖެހޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހާޞިރުވާ ކޮންމެ ފަރާތަކުން ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

2.6

އީމެއިލް އާއި ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

2.7

ބީލަމުގައި ބައިވެރިވާން ނަންނޯޓު ކުރާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ހާޞިރު ނުވެވޭ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅިދާނެއެވެ. ނަމަވެސް އެބައްދަލުވުމުގައި ދެވޭ މަޢުލޫމާތެއް ނުވަތަ އިރުޝާދެއް ބީލަން ހުށަހެޅުމުގެ ވަގުތު ހަމަވުމުގެ ކުރިން ހޯދާ ބީލަން ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަކީ ބީލަންވެރިޔާގެ ޒިންމާއެކެވެ.

2.8

ޕްރޮޖެކްޓާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެމެންޑްމެންޓެއް ދެވޭނަމަ އެއެމެންޑްމެންޓެއް މިސަރވިސްގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވޭނެއެވެ. ވެބްސައިޓްގައި އަޕްލޯޑް ނުކުރެވޭ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެމެންޑްމެންޓް އީމެއިލް ކުރެވޭނެއެވެ. އަދި އީމެއިލް ނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ނަންނޯޓު ކުރެވުނުއިރު ދެވިފައިވާ ނަންބަރަށް ގުޅައި އެމެންޑްމެންޓް ދޫކުރުމުގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.

2.9

ޕްރޮޖެކްޓުގައި ނަންނޯޓު ކުރާއިރު ދީފައިވާ މޮބައިލް ނަންބަރަކީ ބީލަން ވެރިޔާގެ ނުވަތަ ބީލަމުގެ ކަންކަން ބަލައްޓާ ފަރާތުގެ ނަންބަރު ކަމުގައި ވާންވާނެއެވެ.

2.10

މި ބީލަމަށް އަގު ހުށަހަޅަންވާނީ މިސަރވިސްގެ ފަރާތުން ފޯރުކޮށްދޭ އަގު ހުށަހަޅާ ފޯމުގައެވެ. އަދި އަގު ހުށަހަޅާ ފޯމް ފޯރުކޮށްނުދޭ ހާލަތްތަކުގައި ތިރީގައިވާ ކަންތައްތައް ފުރިހަމަކުރެވިފައިވާ ކޯޓޭޝަނެއް ހުށަހަޅަންވާނެވެ.

    (ހ) ކޯޓޭޝަން ނަމްބަރާއި ތާރީހް

    (ށ) ޕްރޮޖެކްޓް ނަމްބަރު

    (ނ) ތަކެތި/މަސައްކަތުގެ އަދަދު، ތަފްސީލު އަދި ރޭޓް

    (ރ) ޖީއެސްޓީ

    (ބ) ޖުމުލަ (ޖީއެސްޓީ އާއިއެކު)

    (ޅ) ޑެލިވަރީ މުއްދަތު

    (ކ) އަންދާސީ ހިސާބު ހުށަހަޅާ ފަރާތް/ކުންފުނީގެ ނަން، އެޑްރެސް އަދި ފޯނު ނަމްބަރު

    (އ) ކުންފުނީގެ ސްޓޭމްޕް

    (ވ) ބީލަންވެރިޔާގެ ސޮއި ( ބީލަންވެރިޔާގެ ސޮއި ނެތްނަމަ ބީލަން ބާތިލްވާނެވެ )

2.11

ޚިދުމަތެއް ދިނުމަށް އެވޯރޑް ކުރުމަށްފަހު ސޮއި ނުކޮށްފިނަމަ ނުވަތަ އެއްވެސް ހިސާބަކުން ޚިދުމަތް ނުކުރެވޭނެކަމަށް ބުނެ ދޫކޮށްލައިފިނަމަ، 1 ( އެކެއް ) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެފަރާތަކުން ހުށަހަޅާ މިފަދަ އެއްވެސް  ޚިދުމަތެއް ނުހޯދުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ.

2.12

އަންދާސީހިސާބުތައް ހޯދި ޚިދުމަތެއް ހޯދުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުން ނުވެއްޖެ ހިނދެއްގައި އެކަމަށްހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކުރުމުގެ ހައްޤު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. މިގޮތުން އަންދާސީހިސާބުތައް ބާތިލް ކުރެވިއްޖެނަމަ ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީހިސާބު ބާތިލް ކުރެވިފައިވާކަން އެންގޭނެއެވެ.

2.13

އަންދާސީހިސާބު ހުށަހަޅާ ފަރާތާއި / ކުންފުންޏާއި މެދު ރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓެއްގައި ހިގަމުންދާ މައްސަލައެއް ނުވަތަ ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މައްސަލައެއް ކުރިއަށް ގެންދެވި ސާބިތު ވެފައިވާ ނަމަ އެފަދަ ފަރާތްތަކަށް ބިޑް އެވާރޑް ނުކުރުމުގެ އިޙްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެން ވެއެވެ.

3.0

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ތަކެތި

3.1

(ހ) 2.2 ގައިވާގޮތަށް ބިޑްރަޖިސްޓްރޭޝަން ފޯރމް

(ށ) އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީ

(ނ) 2.10ގައި ބަޔާންކޮށްފައިވާ އަގު ހުށަހަޅާ ފޯމް/ކޯޓޭޝަން

(ރ) ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

(ބ) ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައިވާ އެކައުންޓެއްގެ "ބޭންކް ރިފަރެންސް ލެޓަރ" (ފާއިތުވި 03 މަހުގެ އެވްރެޖް 03 މަސް ވަކިވަކިން އިނގޭނެހެން) ނުވަތަ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި އޮޑިޓްކުރެވިފައިވާ އޮޑިޓަޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްގެ ކޮޕީ ( އެކްސްޓާނަލް އޮޑިޓަރުގެ ސޮއި އަދި ސްޓޭމްޕް ކުރެވިފައިވާ )

(ޅ) އަންދާސީ ހިސާބުގައި ހުށަހަޅާފައިވާ މައުލޫމާތުގެ ސައްޚަކަން އެގޭނޭލިޔުންތައް

(ކ) ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

(އ) ޖީ އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއްނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ

(ވ) އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ

(މ) އަމިއްލަ ފަރާތަކުންނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައި.ޑީ ކާރޑް ކޮޕީ

(ފ) މީގެ ކުރިން ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދެއްވާފައިވާ މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން އަންގައިދޭ އެހެނިހެން ލިޔުންތައް ( ލިއުން ދޫކުރާފަރާތުގެ ލެޓާރހެޑްގައި ސޮއި އަދި ސްޓޭމްޕް ކުރެވިފައި )

(ދ) އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތައް އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާގައި ހުށަހެޅުމަށް އެދިފައިވާ އިތުރު ލިޔެކިޔުންތައް

4.0

އަންދާސީ ހިސާބާއި އެކީގައި ހުށަހަޅާ ލިޔެކިޔުންތައް

4.1

އަންދާސީ ހިސާބާއިއެކީގައި ބޭންކް ރިފަރެންސް ލެޓަރ (އެންމެ ފަހު 03 މަހުގެ ބެލެންސް އެނގޭނެހެން) ނުވަތަ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި އޮޑިޓްކުރެވިފައިވާ އޮޑިޓަޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްގެ ކޮޕީ (އެކްސްޓާނަލް އޮޑިޓަރުގެ ސޮއި އަދި ސްޓޭމްޕް ކުރެވިފައިވާ) ހުށަހަޅަންވާނެއެވެ. ބޭންކް ރިފަރެންސް ލެޓަރ ހުށަހަޅާއިރު ތިރީގައިވާ ޝަރުތުތައް ހަމަވާންވާނެއެވެ. މިމައުލޫމާތު ހުށަނާޅާނަމަ އެފަރާތެއް އިވެލުއޭޝަނުން ޑިސްކޮލިފައި ކުރެވިދާނެއެވެ.

  • ބޭންކް ރިފަރެންސް ލެޓަރގައިވާ އެކައުންޓްގެ ވެރިފަރާތަކީ ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައި ވާންޖެހޭނެއެވެ.
  • ކުންފުންޏަކުން ހިންގާ ހޮޓާ/ރެސްޓޯރަންޓް/ކައްކާ ކާންދިނުމުގެ ޚިދްމަތް ފޯރުކޮށްދޭ ފަރާތެއް/އެފަދަ ވިޔަފާރިއެއްގެ ނަމުގައި ބިޑް ހުށަހަޅާނަމަ ކުންފުނީގެ ނަމުގައިވާ އެކައުންޓުގެ ބޭންކް ރިފަރެންސް ލެޓަރ ބަލައިގަނެވޭނެއެވެ. އަދި އެ ހޮޓާ/ރެސްޓޯރަންޓް/ކައްކާ ކާންދިނުމުގެ ޚިދްމަތް ފޯރުކޮށްދޭ ފަރާތެއް/އެފަދަ ވިޔަފާރިއެއްގެ ނަމުގައި އެކައުންޓެއް ވާނަމަ އެއެކައުންޓެއްގެ ބޭންކް ރިފަރެންސް ލެޓަރ ވެސް ބަލައިގަނެވޭނެއެވެ.
  • އަމިއްލަ ފަރާތަކުން ބީލަން ހުށަހަޅާނަމަ، ހުށަހަޅަންވާނީ އެފަރާތެއްގެ އަމިއްލަ އެކައުންޓްގެ ބޭންކް ރެފަރެންސް ލެޓަރއެވެ.

4.2

މިސަރވިސްގެ ފަރާތުން ކުރާ އިޢުލާން ތަކުގެ ތެރެއިން ކައްކައި ކާންދިނުމަށްޓަކައި ހުށަހެޅޭ އަންދާސީ ހިސާބުތަކާއިއެކާއިއެކު މާލީތަނަވަސްކަން ހާމަކޮށްދިނުމަށްޓަކައި ކްރެޑިޓް ރިފަރަންސް ސިޓީ ހުށަހެޅިދާނެއެވެ. އެސިޓީގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ.

  • ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްގެ ނުވަތަ ހިންގަމުންދާ ކުންފުންޏަކުން ނުވަތަ ބޭންކަކުން ދޫކޮށްފައިވާ ލިއުމެއްކަމުގައި ވާންވާނެއެވެ.
  •  ހުށަހެޅޭ ކްރެޑިޓް ރެފަރެންސް އަކީ ޚާއްސަކޮށް މިޕްރޮޖެކްޓަށް ދޫކުރެވިފައިވާ ސިޓީއެއްކަމުގައި ވާންވާނެއެވެ.
  • މިރެފަރަންސް ސިޓީގައި ޕްރޮޖެކްޓްގެ ނަން، ފައިސާގެ/ ކްރެޑިޓްގެ ޢަދަދު، ސިޓީ ދޫކުރެވުނު ތާރީޚް، ކްރެޑިޓްގެ މުއްދަތު ހަމަވާނެ ތާރީޚް އަދި ރެފަރަންސް ދޫކުރާ ފަރާތުގެ ނަމާއި ސޮއި އަދި ސްޓޭމްޕް ސާފުކޮށް އެނގެން އޮންނަންވާނެއެވެ.
  • މިރެފަރަންސް ވާންވާނީ ރެފަރަންސް ދޫކުރިފަރާތުން ދޫކޮށްފައިވާ އޮރިޖިނަލް ރެފަރަންސްއަކަށެވެ. މިފަދަ ރެފަރަންސްތަކުގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ.
  • އަމިއްލަ ފަރުދުން ދޫކޮށްފައިވާ ކްރެޑިޓް ރިފަރެންސް ބަލައެއްނުގަނެވޭނެއެވެ.

4.3

ބިޑްހުށަހަޅާ ފަރާތުން ސަރުކާރުގެ މިފަދަ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާނަމަ އެފަރާތެއްގެ މަސައްކަތުގެ ފެންފަރު އަންގައިދޭ ލިޔުމެއް ޕްރޮޖެކްޓް ޙަވާލުކުރި ފަރާތުން ހޯދުމަށްފަހު ހުށަހަޅަންވާނެއެވެ.

4.4

ހުށަހަޅާބީލަމުގެ އަގަކީ ނުވަތަ މިޕްރޮޖެކްޓްގެ ދަށުން ހެދޭނެ އެއްބަސްވުމުގެ އަގަކީ އަހަރަކު 1 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްނަމަ ބީލަން ހުށަހަޅާ ފަރާތްތަކަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. އަދި ބިޑްގައި މިރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހިމެނިފައި އޮންނަންވާނެއެވެ.

4.5

މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާއިރު މިމަޢުލޫމާތު ކަރުދާހުގައި ހުށައެޅުމަށް އެދިފައިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ އަންދާސީ ހިސާބު ބަލައި ނުގަތުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. އަދި ބަލައިގަތުމަށްފަހުވެސް މައުލޫމާތު ފުރިހަމަނުވާނަމަ އެފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބާތިލް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

4.6

ތެޔޮ ފޯރުކޮށްދިނުމާއި ގުޅޭގޮތުން ހުށަހަޅާ އަންދާސީ ހިސާބު ތަކާއި އެކު "ތެލުގެބާވަތްތައް ގެންގުޅެ، ބޭނުންކޮށް އަދި ގުދަންކުރުމާއިބެހޭ ގަވާއިދު" ގެ ދަށުން ހޯދަންޖެހޭ ހުއްދަ ހުށަހަޅަން ވާނެއެވެ. މި ހުއްދަ ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާތިލް ކުރުމުގެ އިޙްތިޔާރު މިސަރވިސްއަށް ލިބިގެންވެއެވެ.

 

5.0

ބީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް

5.1

މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ނަމްބަރު 10.33 ގައިވާގޮތަށް ބީލަންވެރިންގެ އަމަލުތައް ބަހައްޓަންވާނެއެވެ.

5.2

މިމާއްދާގެ 5.1 ގައި ބަޔާންކޮށްފައިވާ ގޮތައް އަމަލުތައް ނުބެހެއްޓޭ ފަރާތްތައް ބީލަމުން ވަކިކުރުމުގެ އިޚްތިޔާރު  މިސަވިސްއަށް ލިބިގެންވެއެވެ.

6.0

އެވޯރޑްކުރުން

6.1

ބީލަން އެވޯރޑްވިކަމުގެ ސިޓީއާއިއެކު އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އެދި ފޯމު ފޮނުވޭނެއެވެ. މަޢުލޫމާތު ފޯމް ފުރިހަމަކުރުމަށްފަހު ސިޓީގައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންވާނެއެވެ.

6.2

ބީލަން އެވޯރޑްވި ފަރާތަށް އެއްބަސްވުމުގެ ޑްރާފްޓް ފޮނުވޭނެއެވެ. އެއްބަސްވުމުގެ ޑްރާފްޓް ފޮނުވާތާ 3 ދުވަހުގެ ތެރޭގައި އެވޯރޑްވި ފަރާތުގެ ކޮމެންޓާއިއެކު ފޮނުވަންވާނެއެވެ.

6.3

އެއްބަސްވުމުގައި ސޮއިކުރުމަށް އަންގާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

6.4

މިމާއްދާގެދަށުން ބަޔާންކުރެވިފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކޮށްފިނަމަ އެވޯރޑްވިކަމުގެ ސިޓީ ބާތިލުކުރުމަށްފަހު އެހެންފަރާތަކަށް އެވޯރޑުކުރުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ.

7.0

ސާމްޕަލް

7.1

މި ބީލަމުގެދަށުން ސާމްޕަލް ހުށަހަޅަންޖެހޭނަމަ ބިޑް އެވޯޑްވިކަމުގެ ލިޔުމާއިއެކު ސާމްޕަލް ހުށަހަޅަންވީ މުއްދަތު އެފަރާތަކަށް އެންގޭނެއެވެ. އެގޮތުން މިސަރވިސްގެ ފަރާތުން ސާމްޕަލް ހުށަހެޅުމަށް ދެވޭ މުއްދަތުގެ ތެރެގައި ސާމްޕަލް ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

8.0 ފުލުހުން ބޭނުންކުރާ އެއްގަމު އުޅަނދާއި ކަނޑު އުޅަދުފަހަރަށް ތެޔޮ ސަޕްލައިކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭނެ ގޮތްތައް:

8.1  ކޮމްޕެނީ ޕްރޮފައިލް ( ދެވޭ ޖުމުލަ މާކްސް 05 ) 

-          ވިޔަފާރި ރެޖިސްޓްރީ ސެޓްޕިކެޓް        (  މާކްސް 01 )

-          ޖީ.އެސް.ޓީ.ރެެޖިސްޓްރޭޝަން ސެޓްފިކެޓް  ( މާކްސް 01 )

-          ކޮމްޕެނީ ޕްރޮފައިލް                ( މާކްސް 02 )

-          ހުށަހަޅާ ސިޓީ                   ( މާކްސް 01 )

8.2  ހުށަހަޅާއަގު ( ދެވޭ ޖުމުލަ މާކްސް 50 )

-         ޕެޓްރޯލް ( ދެވޭ މާކްސް 25 )  ހުށަހެޅިފައި ހުންނަންޖެހޭނީ ލީޓަރަކަށް ޖެހޭ އަގު

-         ޑީސަލް ( ދެވޭ މާކްސް 25 )   ހުށަހެޅިފައި ހުންނަންޖެހޭނީ ލީޓަރަކަށް ޖެހޭ އަގު

މިބަޔަށް މާކުސްދެވޭނީ ފޯމިއުލާ ބޭސްކޮށެވެ.  ބޭނުންކުރާނެ ފޯމިއުލާ ތިރީގައި އެވަނީއެވެ.

 

ހުށަހަޅާފައިވާ އެންެމެ ކުޑަ އަގު   

X    --------------------------------           ޖުމްލަ މާކުސް  

                       ހުށަހަޅާ އަގު

8.3  މާލީ ތަނަވަސްކަން ( ދެވޭ ޖުމުލަ މާކްސް 20 )

އަންދާސީހިސާބާއިއެކީގައި ބޭންކް ރިފަރެންސް ލެޓަރ (އެންމެ ފަހު 03 މަހުގެ ބެލެންސް އެނގޭނެހެން) ނުވަތަ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި އޮޑިޓްކުރެވިފައިވާ އޮޑިޓަޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްގެ ކޮޕީ (އެކްސްޓާނަލް އޮޑިޓަރުގެ ސޮއި އަދި ސްޓޭމްޕް ކުރެވިފައިވާ) ހުށަހަޅަންވާނެއެވެ.

30 ދުވަހަށް ހިނގާނެ ޚަރަދުގެ %50 މަދުވެގެން ރޯލް ކުރެވޭގޮތަށް ބޭންކް ރިފަރެންސް ސިޓީއަކުން އެގެންއޮވެއްޖެނަމަ 10 މާކްސް ލިބޭނެއެވެ. 30 ދުވަހަށް ހިނގާނެ ޚަރަދުގެ 0 ރޯލް ކުރާގޮތަށް ބޭންކް ރިފަރެންސް ލެޓައިން އެގެން އޮންނަނަމަ ފުލްމާކުސް ލިބޭނެއެވެ.

8.4  މުއްދަތު ( ދެވޭ ޖުމުލަ މާކްސް 10 )

-         އޯޑަރ ދޭތާ 30 މިނިޓްގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭަނަމަ (މާކްސް 10 )

-         އޯޑަރ ދޭތާ 60 މިނިޓްގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭަނަމަ (މާކްސް 5 ) 

8.5  ކްރެޑިޓް ލިމިޓް ( ދެވޭ ޖުމުލަ މާކްސް 15 )

-         ޚިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައަޅާ ކްރެޑިޓް ލިމިޓްގެ މުއްދަތު ތިންމަސްދުވަހަށް ވުރެ އިތުރުވާނަމަ މިބައިން ފުލްމާކުސް ލިބޭނެއެވެ

-         1 މަސްދުވަސް                  ( ދެވޭ މާކްސް 05 )

-         2 މަސްދުވަސް                  ( ދެވޭ މާކްސް 10 )

-         3 އަދި އެއަށް ވުރެ ގިނަ ނަމަ          ( ދެވޭ މާކްސް 15 )

8.6  މިސަރވިސްގެ ފަރާތުން ހުޅުވާލާބީލަންތަކުގައި ވާދަކޮށް ބީލަން ކާމިޔާބުކުރާފަރާތުން ބީލަމުގައި ތަކެތި ނުވަތަ މަސައްކަތް ކޮށް ދިނުމަށް އެއްބަސްވެފައިވާ މުއްދަތުގައި އެމަސައްކަތެއް ނުވަތަ އެތަކެއްޗެއް ސަޕްލައިކޮށްނުދެވި، ޖުރިމަނާ ކުރެވިފައިވާ ފަރާތްތަކާއި، ބީލަން ހުށަހެޅުމަށްފަހު ބީލަން އަނބުރާ ގެންގޮސްފައިވާ ފަރާތްތަކުން، ހުށަހަޅުއްވާ ބީލަންތަކުން 05 މާރކްސް އުނިކުރެވޭނެ ވާހަކަ ދަންނަވަމެވެ.

9.0 އެގްރިމެންޓްގެ މުހިންމު ޕޮއިންޓްސްތައް 

ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއިގުޅިގެން ތެޔޮ ލީޓަރެއް ވިއްކާ އަގަށް ބަދަލު ގެނެވޭނެއެވެ. މިގޮތަށް ގެނެވޭ ބަދަލު ވާންޖެހޭނީ އެދުވަސްވަރެއްގައި އެސް.ޓީ.އޯ އިން ތެލުގެ އަގަށް ގެންނަ ބަދަލުއާއި އެއްވަރެއްގެ ބަދަލަކަށެވެ. އަދި މިގޮތުން ގެނެވޭ ބަދަލު 48 ގަޑިއިރު ތެރޭގައި މަސައްކަތާއި ޙަވާލުވިފަރާތުން، މަސައްކަތް ޙަވާލުކުރި ފަރާތައް ލިޔުމަކުން ހުށަހަޅާ އެލިޔުން މަސައްކަތް ޙަވާލުކުރި ފަރާތައް ފޮނުވަން ވާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން މަސައްކަތާއި ޙަވާލުވި ފަރާތުން ހުށަހަޅާ ބިލްތަކުގައި،މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ވާ ގޮތުގެ މަތީން އެ އަހަރެއްގައި ޖީ.އެސް.ޓީގެ ގޮތުގައި ދައްކަން ޖެހޭ ވަރު ހިމަނާފައިވާ ނަމަ، ބިލަށް ފައިސާ ހަމަޖައްސަން ޖެހޭނީ ޖީ.އެސް.ޓީ ފައިސާ އާއި އެކުގައެވެ.

2.މިއެއްބަސްވުމުގެ ދަށުން ތެޔޮ ސަޕްލައިކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ޕޮލިސް ސްޓޭޝަންތަކުގައި ބޭނުންކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށެވެ. ނުވަތަ މަސައްކަތް ޙަވާލުކުރި ފަރާތުން ތެޔޮ ރައްކާކުރުމަށް ހަމަޖައްސާފައިވާ ތަނަކަށެވެ 

މިއެއްބަސްވުމުގެދަށުން ސަޕްލައި ކުރެވޭ ތެލުގެ ހިސާބުތައް މަސައްކަތާއި ޙަވާލުވި ފަރާތާއި، މަސައްކަތް ޙަވާލުކުރި ފަރާތުން ބަލަހައްޓައި ދެފަރާތުންވެސް މިހިސާބުތަކުގައި ސޮއިކުރަންވާނެއެވެ. މިއެއްބަސްވުމުގެ ދަށުން ތެޔޮ ސަޕްލައިކުރުމަށް ބޭނުންވާ އުޅަނދާއި އެހެނިހެން ސާމާނު ހަމަޖެއްސުމަކީ މަސައްކަތާއި ޙަވާލުވި ފަރާތުގެ ޒިންމާއެކެވ 

މިއެއްބަސްވުމުގެ ދަށުން ދެވޭތެލުގެ ޚިދުމަތް ފޯރުކޮށްދެވޭނީ، އާންމުގޮތެއްގައި މަސައްކަތާއި ޙަވާލުވިފަރާތުން ޚިދުމަތްދެމުންދާ ގަޑިތަކުގައި އެކަމަށް ކަނޑައެޅިފައިވާ ސަރަހައްދު ތަކުންނެވެ. މީގެއިތުރުން ބަންދުގަޑީގައި ތެލުގެ ޚިދުމަތް ބޭނުންވާނަމަ، އާންމުކޮށް ޚިދުމަތް ފޯރުކޮށްދެމުންދާގަޑީގައި ލިޔުމަކުން އެކަން މަސައްކަތާއި ޙަވާލުވިފަރާތަށް އަންގަންވާނެއެވެ. އަދި މިނޫން ޙާލަތް ތަކުގައި ދެފަރާތް އެއްބަސްވާގޮތަކަށް ތެލުގެ ޚިދުމަތް ފޯރުކޮށްދެވިދާނެއެވެ. 

މިއެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް މަސައްކަތް ހުއްޓާލުމަށް މަސައްކަތާއި ޙަވާލުވި ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އެކަން ލަސްވެގެން 30 (ތިރީސް) ދުވަސް ކުރިން މަސައްކަތް ޙަވާލުކުރި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. އަދި ހަަމަ އެހެންމެ މަސައްކަތް ޙަވާލުކުރި ފަރާތުން ޚިދުމަތް ހުއްޓާލުމަށް ބޭނުންވެއްޖެނަމަ، އެކަން ލަސްވެގެން 30 (ތިރީސް) ދުވަސް ކުރިން މަސައްކަތާއި ޙަވާލުވި ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ.މަސައްކަތް ޙަވާލުކުރި ފަރާތުން ނުވަތަ މަސައްކަތާއި ޙަވާލުވި ފަރާތުން މިއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތް ހުއްޓާލުމަށް މިމާއްދާގައިވާ ލިޔުން ހުށަހެޅުމުންދެފަރާތުން ވާހަކަ ދައްކައި ދެފަރާތުން އެއްބަސްވާގޮތެއްގެ މަތިން މި މުޢާމަލާތުން ވަކިވުމުގެ އިޚްތިޔާރު ނުވަތަ އިތުރަށް އެއްބަސްވާގޮތެއްގެެ މަތީން ކުރިޔަށް ދިޔުމުގެ އިޚްތިޔާރު ދެފަރާތަށްވެސް ލިބިގެންވެއެވެ.

 މަސައްކަތާއި ޙަވާލުވި ފާރާތުން ތެޔޮ ހުސްވެގެން ނޫނީ ތެޔޮ ނުލިބިގެން ތެޔޮ ސަޕްލައިކޮށް ނުދެވޭނެ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެކަން ލިޔުމަކުން މަސައްކަތް ޙަވާލުކުރި ފަރާތަށް، މަސައްކަތާއި ޙަވާލުވި ފަރާތުން އަންގަންވާނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެގެން ތެޔޮ ސަޕްލައި ނުކުރެވޭގޮތް މެދުވެރިވެއްޖެނަމަ، އެހެންފަރާތެއް މެދުވެރިވެގެންނަމަވެސް ތެޔޮ ސަޕްލައިކުރުމަކީ މަސައްކަތާއި ޙަވާލުވިފަރާތުގެ ޒިންމާއެކެވެ. އަދި މި ޒިންމާ އުފުލުމުގައި މަސައްކަތާއި ހަވާލުވިފަރާތުން އިހްމާލު ވެއްޖެނަމަ، އޭގެސަބަބުން މަސައްކަތް ހަވާލުކުރި ފަރާތައް ލިބޭ ގެއްލުމުގެ ބަދަލު މަސައްކަތާއި ހަވާލުވި ފަރާތުން ދޭންޖެހޭނެއެވެ.

 މަސައްކަތާއި ޙަވާލުވިފަރާތުން ސަޕްލައި ކުރާ ތެލުގައި ހުރި މައްސަލައެއްގެ ސަބަަބުން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭނުން ކުރާ އުޅަނދަކަށް އެޅުމަށް އެކަށީގެން ނުވާވަރުގެ ދަށް ކޮލެޓީއެއްގެ ތެޔޮ ސަޕްލައިކޮށްފިނަމަ އެފަދަ އެއްވެސް މުޢާމަލާތަކަށް މަސައްކަތް ޙަވާލުކުރި ފަރާތުން އަގު ދޭކަށް ނުޖެހޭނެއެވެ. މިގޮތުން މަސައްކަތާއި ޙަވާލުވި ފަރާތަށް ލިބޭ އެއްވެސް ގެއްލުމަކަށް މަސައްކަތް ޙަވާލުކުރި ފަރާތުން ޒިންމާ ވާކަށް ނުޖެހޭނެއެވެ. އަދި ސަޕްލައި ކުރާ ތެލުގައި މައްސަލައެއް އުޅުމުގެ ސަބަބުން ނުވަތަ ތެލުގެ ފެންވަރު ދަށްވުމުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެހިކަލްތަކަށް ލިބޭ ގެއްލުމުގެ ބަދަލު މަސައްކަތާއި ޙަވާލުވި ފަރާތުން ދޭންޖެހޭނެއެވެ.

22 ސެޕްޓެންބަރު 2019
ހޯދާ