ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު

ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ކަނޑައަޅައިފައިވެއެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފައިވާ ލިސްޓު، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފަޔާއެކު އާންމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ. އެ ޖަމާޢަތްތަކަކީ، 

 

  1. އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)

  2. އަލް ޤައިދާ

  3. ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)

  4. ލަޝްކަރޭ ޠައިބާ

  5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

  6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

  7. އަބޫ ސައްޔާފް ގްރޫޕް

  8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް

  9. އަލް ޝަބާބް

  10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

  11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)

  12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ

  13. ޖައިޝޭ މުޙައްމަދު

  14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)

  15. ނޭޝަނަލް ތައުޙީދް ޖަމާޢަތް

  16. ޖަމާޢަތު މިއްލަތޭ އިބްރާހީމް

  17. ވިލާޔަތް އަލް ސޭލާނީ، އެވެ.

19 ސެޕްޓެންބަރު 2019
ހޯދާ