ދިވެހިރާއްޖެ
ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުޞަތު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލުން
ދިވެހިރާއްޖޭގައިކުރާ ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުޞަތު، ކުދި އަދި މެދު ފަންތީގެ (ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް – އެސް.އެމް.އީ) ވިޔަފާރީތަކަށް އަލުން ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މިނިންމުމާއެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މިމިނިސްޓްރީގެ ފަރާތުން ދޫކުރާ [ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސް ގަތުމުގެ ލައިސަންސް] އަލުން ދޫކުރުމުގެ މަސައްކަތް މިމިނިސްޓްރީގެ ފަރާތުން މިހާރު ވާނީ އިއާދަކޮށްފައެވެ.
މިލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް (19 މާޗް 2020ގެ ނިޔަލަށް)، ލޯކަލައިޒް ކޮށްފައިވާ ކަލެކްޓަރ ބޯޓުފަހަރަށާއި ޝޯބޭސްޑް ފެސިލިޓީތަކަށް މަސް ގަތުމަށް ނުވަތަ މަސް ގަންނަ ކުންފުނިތަކުން މަސް ގަނެގެން އުޅަނދުފަހަރުގައި އެކްސްޕޯޓްކުރުމަށެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ އެކްސްޕޯޓްކުރުމަށް ޝައުގުވެރިކަން ހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މަޢުލޫމާތަށްޓަކައި އިޢުލާނުކުރީމެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މަސް ގަތުމަށް ބޭނުންނާ ލައިސަންސް ހޯދުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ފޯމް މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.