ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަށް އޯވަރ ހޯލް ކުރުމަށް ބޭނުންވާ ސްޕެއަރ ހޯދުމާއި ގުޅޭ:

 

ނަންބަރ:FNK-I/IUL/2019/186

އިޢުލާން

މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަށް އޯވަރ ހޯލް ކުރުމަށް ބޭނުންވާ ސްޕެއަރ ހޯދުމާއި ގުޅޭ:

     މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާ އެއްގޮތަށް މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަށް އޯވަރ ހޯލްކުރުމަށް ބޭނުންވާ ސްޕެއަރ ގަންނަން ބޭނުންވެއެވެ. މި މަސައްކަތަަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބިޑްގައި ބައިވެރި ވެވޭނީ  "ޖެނުއިން އޮތޮރައިޒްޑް ސެޓްފިކެޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއް އޮންނަފަރާތަށް އެކަނި ކަމުގައި ދަންނަވަމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަ ހާސް (10,000 USD) އެމެރިކާ ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ، ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

-          އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ، ޗެކް ނުވަތަ އެމް.އެމް. އޭ ގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

-          ޗެކްގަ ބޭންކް ގެރެންޓެޑް ސްޓޭމްޕް ޖަހާފައިވުން.

-          އަންދާސީ ހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ބިޑް ސެކިއުރިޓީ ހުށަހެޅުން.

-          ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.

-          މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާތިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.   

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

                  19 މުޙައްރަމް 1441   

                              18 ސެޕްޓެމްބަރ 2019

19 ސެޕްޓެންބަރު 2019
ހޯދާ