ދިވެހިރާއްޖެ
މިކުންފުނިން ތަޢާރަފް ކޮށްފައިވާ އެފްރެންޓިސް ޕްރޮގްރާމްގެ ދަށުން މާލޭ ވިޔަފާރި ބަނދަރުގައި ޢަމަލީ ގޮތުން މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެޕަރެންޓިސް ޕްރޮގްރާމް ކުރިއަށްގެންދެވޭ ދާއިރާތައް
ކެޓަގަރީ 1 |
ކެޓަގަރީ 2 |
ކެޓަގަރީ 3 |
ކެޓަގަރީ 4 |
1- ފޯކްލިފްޓް 2- ޓާރމިނަލް ޓްރެކްޓަރ 3- ކްރޭން 4- ރީޗްސްޓެކަރ |
|
|
|
ޝަރުތު ގްރޭޑް 8 ނިންމާފައިވުމާއި އެކު C-1 ކެޓަގަރީގެ ލައިސެންސް އޮތުން |
ޝަރުތު އޯލެވެލް 2 މާއްދާއިން "C" ފާސް ނުވަތަ އެއައްވުރެން މަތިން ފާސްވެފައިވުން |
ޝަރުތު ގްރޭޑް 8 ނިންމާފައިވުން |
ޝަރުތު ގްރޭޑް 8 ނިންމާފައިވުމާއި އެކު B-1 ކެޓަގަރީގެ ލައިސެންސް އޮތުން |
އެޕްރެންޓިސް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް އެމް.ޕީ.އެލް އިން ލިބިދޭ އިނާޔަތްތައް
- 6 މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތް ދަސްކުރުމުގެ ފުރުސަތު.
- ކޮންމެ މަހަކަށް -/6000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދެވޭނެ.
- ކެޓަގަރީ 1 އަދި ކެޓަގަރީ 4 ފުރިހަމަކުރާ ފަރާތްތަކަށް ލައިސެންސް ނަގައިދެވޭނެ.
- މިޕްރޮގޮރާމް ކުރިއަށްދާނީ ޓިވެޓް އޮތޯރިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ދަށުންނެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޓިވެޓް އޮތޯރިޓީ އިން ޤަބޫލުކުރާ ސެޓްފިކެޓެއް ދެވޭނެއެވެ.
ވީމާ، މިޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2019 އޮކްޓޯބަރ 02 ވާ ބުދަަ ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ފޯމާއި އެކު ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަން އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
މިޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދިނުމާއި، ފޯމް ފުރިހަމަކޮށް ހުށަހެޅުން 2019 ސެޕްޓެމްބަރ 28 ވާ ހޮނިހިރު ދުވަހުގެ 16:00 ން 18:00 އަދި ރޭގަނޑު 20:00 ން 23:00 އަށް މިކުންފުނީގެ ބަސް ޓަރމިނަލް ސަރަޙައްދުގައި ކުރިއަށްދާނެއެވެ.