ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ޓެކްނީޝަން ޓްރެއިނިންގ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ހިންގާ 'އެޗްސީއެފްސީ ފޭސް އައުޓް މެނޭޖްމަންޓް ޕްރޮޖެކްޓް' ހިންގުމުގައި ޕްރެކްޓިކަލް ސެޝަންތައް ނަންގަވާ ދެއްވައި ޓެކްނިކަލް އެޑްވައިޒް ދެއްވާނެ 'މާސްޓަރ ޓްރެއިނަރ' ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާނެ/ތަމްރީނުވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތަކާއި ޖައްވު ހޫނުކުރުމަށް އަސަރުކުރުވާ މާއްދާތައް ނައްތާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދާއިރާއިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިގޮތުން ޖަރުމަނުވިލާތުގައި ޖީ.އައި.ޒެޑް. އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކޫލް ޓްރެއިނިންގ'ގައި ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނެއް ބައިވެރިކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 7 ން 14 އޮކްޓޯބަރ 2019 އަށެވެ. މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ ނެޗުރަލް ރެފްރިޖަރެންޓްއަށެވެ. މި ތަމްރީނު ޕްރޮގްރާމްގައި ހިމެނޭނީ %30 ތިއަރީ އަދި %70 ޕްރެކްޓިކަލް މަސައްކަތެވެ.
މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހޭދަވާ ހުރިހާ ޙަރަދެއް ހަމަޖައްސާނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހިންގަމުންގެންދާ ޕްރޮޖެކްޓްތަކުންނެވެ.
ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށްވެސް މި އިއުލާނުގައިވާ ޓްރެއިނިންގްއަށް ކުރިމަތިލެވޭނެއެވެ.
މި ތަމްރީނު ޕްރޮގްރާމަށް މީހަކު ހޮވުމުގައި ބަލާނެ ކްރައިޓީރިއާތައް ތިރީގައި އެވަނީއެވެ.
ކްރިޓީރިއާ |
މާރކްސް |
ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވާ މުއްދަތު. - މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަކަށް 10 މާރކްސް |
80 |
ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މިންވަރު. - ސަރޓިފިކެޓް ލެވެލް: 1 – 4 މާރކްސް - ޑިޕްލޮމާ: 5 މާރކްސް |
5 |
ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި ކޮށްފައިވާ މަސައްކަތްތައް. - ކޮންމެ މަސައްކަތަކަށް 5 މާރކްސް |
15 |
ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 25 ސެޕްޓެމްބަރު 2019 ގެ 12:00ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަޖުރިބާ، އަދި ހުނަރާއި ގާބިލުކަން ސާބިތުކޮށްދޭ ވަނަވަރު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.
Environment Section
Ministry of Environment
Green Building, Handhuvaree Hingun, Maafannu
Male’, 20392, Republic of Maldives
Contact number: 3018330
ނޯޓް: މި ތަމްރީނު ޕްރޮގްރާމްއަށް ހޮވޭ ފަރާތާއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. މި އެއްބަސްވުމުގެ ޑްރާފްޓެއް www.environment.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
18 September 2019