ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ޕްރޮޖެކްޓް ނަމްބަރ PC-171/2019/W-L157
- މި ސަރވިސްގައި ބޭނުންކުރަމުން އަންނަ ސީސީޓީވީ ކެމެރާތަކުގެ ރެކޯރޑިންގ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ސޭން ސްޓޯރޭޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވސްގެ ނަމްބަރ 171-I2(b)/IUL/2019/116 ވީމާ މިއަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި : [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަވާރީގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
4. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 19 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
5. ޕްރީބިޑް އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ވަގުތާއި ތާރީހުގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ.
ތާރީޚް: -_
ގަޑި: _
6. ބީލަން ހުޅުވުން އޮންނާނީ 24 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސަރވިސްގެ އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
7. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
8. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބް ސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
9 ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާލެއް ވާނަމަ 22 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ
10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް
މޯލްޑިވްސް ޕޮލިސް ސަރވިސް
އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
ފޯން: +960 979 0052
އީ-މެއިލް: [email protected]
ކޮޕީ: [email protected]
16 ސެޕްޓެމްބަރ 2019
މައުލޫމާތު ކަރުދާސް 01
އިޢުލާން ނަންބަރ: 171-I2(b)/IUL/2019/126
އިޢުލާން ތާރީޚް: 16 ސެޕްޓެމްބަރ 2019
ޕްރޮޖެކްޓް ނަންބަރ: PC-171/2019/W- L157
މަސައްކަތް: މި ސަރވިސްގައި ބޭނުންކުރަމުން އަންނަ ސީސީޓީވީ ކެމެރާތަކުގެ ރެކޯރޑިންގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ސޭން ސްޓޯރޭޖް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން
Project name: SAN Storage for CCTV camera project.
ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދު
އިރުޝާދު ނަމްބަރު |
ތަފްސީލް |
1.0 |
ބީލަމުގެ މަޢުލޫމާތު |
1.1 |
ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް: [email protected] ކޮޕީ: [email protected] |
1.2 |
މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ ތިރީގައި އެވާ ތާރީޚުގައި އިޢުލާނުގައި ދެވިފައިވާ އެޑްރެހުގައެވެ. ތާރީޚް: - ގަޑި: _- |
1.3 |
އަންދާސީހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އިސްކަންދަރު ކޮށި 1އަށްށެވެ. ތާރީޚް: 24 ސެޕްޓެމްބަރ 2019 ގަޑި: 11:00
|
1.4 |
ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ވަގުތު ތިރީގައި އެވަނީއެވެ. ތާރީޚް: 19 ސެޕްޓެމްބަރ 2019 ގަޑި: 16:00 |
|
|
2.0 |
ބީލަން ހުށަހެޅުން |
2.1 |
އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ރަޖިސްޓަރީ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމަށް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން އެގެން އޮންނަންވާނެއެވެ. މިއާއި ހިލާފަށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. |
2.2 |
މިބީލަމުގައި ރަޖިސްޓްރީވުމަށް ފޮނުވާފައިވާ " Bid Registration Form " އަދި ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް އަންދާސީހިސާބާއިއެކު ހުށަހަޅަންވާނެއެވެ. |
2.3 |
ޖީ.އެސް.ޓީ ނެގޭ މުދަލެއް / ހިދުމަތެއްނަމަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެން ދިވެހި ރުފިޔާއިންނެވެ. ހުށަހަޅާ އަންދާސީ ހިސާބުގައި އަގުތައް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅުމަށް ދެވިފައިވާ ހުރިހާ ބައިތަކަށް އަގު ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅާ އަންދާސީ ހިސާބުގެ ވެލިޑިޓީއަކީ އަންދާސީ ހިސާބު ހުށަހަޅާ ތާރީހުން ފެށިގެން 60 ދުވަހުގެ މުއްދަތެކެވެ. |
2.4 |
އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހެޅޭ އެއްވެސް އަންދާސީހިސާބެއް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބުތައް ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޞިރުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު، އަގަށް ބަދަލެއް ނުގެނެވޭނެއެވެ. ބީލަން ހުޅުވަން ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ހުޅުވަން ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. |
2.5 |
އަންދާސީހިސާބު ހުށަހަޅާ ފަރާތުން ކަނޑައެޅިފައިވާ ގަޑިއަށް ހާޞިރުވާން ވާނެއެވެ. އަދި މިގޮތުން ހުށަހަޅާ އަންދާސީހިސާބާއި ބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރުގެ މީހަކު ހާޞިރުވާން ވާނެއެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ކުރިން ޚިލާފު އުފެދޭ ނުވަތަ އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެކަމެއް ސާފުކުރަންޖެހޭނެއެވެ. އަންދާސީހިސާބު ހުށަހެޅުމަށް ހާޞިރުވާ ކޮންމެ ފަރާތަކުން ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ. |
2.6 |
އީމެއިލް އާއި ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. |
2.7 |
ބީލަމުގައި ބައިވެރިވާން ނަންނޯޓު ކުރާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ޕްރީބިޑް ބައްދަލުވުމަށް ހާޞިރު ނުވެވޭ ފަރާތްތަކަށް ވެސް ބީލަން ހުށަހެޅިދާނެއެވެ. ނަމަވެސް އެބައްދަލުވުމުގައި ދެވޭ މަޢުލޫމާތެއް ނުވަތަ އިރުޝާދެއް ބީލަން ހުށަހެޅުމުގެ ވަގުތު ހަމަވުމުގެ ކުރިން ހޯދާ ބީލަން ހުށަހެޅުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަކީ ބީލަންވެރިޔާގެ ޒިންމާއެކެވެ. |
2.8 |
ޕްރޮޖެކްޓާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެމެންޑްމެންޓެއް ދެވޭނަމަ އެއެމެންޑްމެންޓެއް މިސަރވިސްގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވޭނެއެވެ. ވެބްސައިޓްގައި އަޕްލޯޑް ނުކުރެވޭ ޙާލަތެއް މެދުވެރި ވެއްޖެނަމަ އެމެންޑްމެންޓް އީމެއިލް ކުރެވޭނެއެވެ. އަދި އީމެއިލް ނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ނަންނޯޓު ކުރެވުނުއިރު ދެވިފައިވާ ނަންބަރަށް ގުޅައި އެމެންޑްމެންޓް ދޫކުރުމުގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ. |
2.9 |
ޕްރޮޖެކްޓުގައި ނަންނޯޓު ކުރާއިރު ދީފައިވާ މޮބައިލް ނަންބަރަކީ ބީލަން ވެރިޔާގެ ނުވަތަ ބީލަމުގެ ކަންކަން ބަލައްޓާ ފަރާތުގެ ނަންބަރު ކަމުގައި ވާންވާނެއެވެ. |
2.10 |
މި ބީލަމަށް އަގު ހުށަހަޅަންވާނީ މިސަރވިސްގެ ފަރާތުން ފޯރުކޮށްދޭ އަގު ހުށަހަޅާ ފޯމުގައެވެ. އަދި އަގު ހުށަހަޅާ ފޯމް ފޯރުކޮށްނުދޭ ހާލަތްތަކުގައި ތިރީގައިވާ ކަންތައްތައް ފުރިހަމަކުރެވިފައިވާ ކޯޓޭޝަނެއް ހުށަހަޅަންވާނެވެ. (ހ) ކޯޓޭޝަން ނަމްބަރާއި ތާރީހް (ށ) ޕްރޮޖެކްޓް ނަމްބަރު (ނ) ތަކެތި/މަސައްކަތުގެ އަދަދު، ތަފްސީލު އަދި ރޭޓް (ރ) ޖީއެސްޓީ (ބ) ޖުމުލަ (ޖީއެސްޓީ އާއިއެކު) (ޅ) ޑެލިވަރީ މުއްދަތު (ކ) އަންދާސީ ހިސާބު ހުށަހަޅާ ފަރާތް/ކުންފުނީގެ ނަން، އެޑްރެސް އަދި ފޯނު ނަމްބަރު (އ) ކުންފުނީގެ ސްޓޭމްޕް (ވ) ބީލަންވެރިޔާގެ ސޮއި ( ބީލަންވެރިޔާގެ ސޮއި ނެތްނަމަ ބީލަން ބާތިލްވާނެވެ ) |
2.11 |
ޚިދުމަތެއް ދިނުމަށް އެވޯރޑް ކުރުމަށްފަހު ސޮއި ނުކޮށްފިނަމަ ނުވަތަ އެއްވެސް ހިސާބަކުން ޚިދުމަތް ނުކުރެވޭނެކަމަށް ބުނެ ދޫކޮށްލައިފިނަމަ، 1 ( އެކެއް ) އަހަރަށްވުރެ ކުރުނޫން މުއްދަތަކަށް އެފަރާތަކުން ހުށަހަޅާ މިފަދަ އެއްވެސް ޚިދުމަތެއް ނުހޯދުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. |
2.12 |
އަންދާސީހިސާބުތައް ހޯދި ޚިދުމަތެއް ހޯދުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުން ނުވެއްޖެ ހިނދެއްގައި އެކަމަށްހުށަހެޅި އަންދާސީ ހިސާބުތައް ބާތިލް ކުރުމުގެ ހައްޤު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. މިގޮތުން އަންދާސީހިސާބުތައް ބާތިލް ކުރެވިއްޖެނަމަ ހުށަހަޅާފައިވާ ފަރާތްތަކުގެ އަންދާސީހިސާބު ބާތިލް ކުރެވިފައިވާކަން އެންގޭނެއެވެ. |
2.13 |
އަންދާސީހިސާބު ހުށަހަޅާ ފަރާތާއި / ކުންފުންޏާއި މެދު ރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓެއްގައި ހިގަމުންދާ މައްސަލައެއް ނުވަތަ ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މައްސަލައެއް ކުރިއަށް ގެންދެވި ސާބިތު ވެފައިވާ ނަމަ އެފަދަ ފަރާތްތަކަށް ބިޑް އެވާރޑް ނުކުރުމުގެ އިޙްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެން ވެއެވެ. |
3.0 |
އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ތަކެތި |
3.1 |
(ހ) 2.2 ގައިވާގޮތަށް ބިޑްރަޖިސްޓްރޭޝަން ފޯރމް (ށ) އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީ (ނ) 2.10ގައި ބަޔާންކޮށްފައިވާ އަގު ހުށަހަޅާ ފޯމް/ކޯޓޭޝަން (ރ) ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ބ) ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައިވާ އެކައުންޓެއްގެ "ބޭންކް ރިފަރެންސް ލެޓަރ" (ފާއިތުވި 03 މަހުގެ އެވްރެޖް 03 މަސް ވަކިވަކިން އިނގޭނެހެން) ނުވަތަ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި އޮޑިޓްކުރެވިފައިވާ އޮޑިޓަޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްގެ ކޮޕީ ( އެކްސްޓާނަލް އޮޑިޓަރުގެ ސޮއި އަދި ސްޓޭމްޕް ކުރެވިފައިވާ ) (ޅ) ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ކ) ޖީ އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއްނަމަ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (އ) އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ (ވ) މީގެ ކުރިން ސަރުކާރަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދެއްވާފައިވާ މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން އަންގައިދޭ އެހެނިހެން ލިޔުންތައް ( ލިއުން ދޫކުރާފަރާތުގެ ލެޓާރހެޑްގައި ސޮއި އަދި ސްޓޭމްޕް ކުރެވިފައި ) (ވ) އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތައް އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާގައި ހުށަހެޅުމަށް އެދިފައިވާ އިތުރު ލިޔެކިޔުންތައް |
4.0 |
އަންދާސީ ހިސާބާއި އެކީގައި ހުށަހަޅާ ލިޔެކިޔުންތައް |
4.1 |
އަންދާސީ ހިސާބާއިއެކީގައި ބޭންކް ރިފަރެންސް ލެޓަރ (އެންމެ ފަހު 03 މަހުގެ ބެލެންސް އެނގޭނެހެން) ނުވަތަ ފާއިތުވެދިޔަ 02 އަހަރުގެ ތެރޭގައި އޮޑިޓްކުރެވިފައިވާ އޮޑިޓަޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްގެ ކޮޕީ (އެކްސްޓާނަލް އޮޑިޓަރުގެ ސޮއި އަދި ސްޓޭމްޕް ކުރެވިފައިވާ) ހުށަހަޅަންވާނެއެވެ. ބޭންކް ރިފަރެންސް ލެޓަރ ހުށަހަޅާއިރު ތިރީގައިވާ ޝަރުތުތައް ހަމަވާންވާނެއެވެ. މިމައުލޫމާތު ހުށަނާޅާނަމަ އެފަރާތެއް އިވެލުއޭޝަނުން ޑިސްކޮލިފައި ކުރެވިދާނެއެވެ.
|
4.2 |
މިސަރވިސްގެ ފަރާތުން ކުރާ އިޢުލާން ތަކުގެ ތެރެއިން ކައްކައި ކާންދިނުމަށްޓަކައި ހުށަހެޅޭ އަންދާސީ ހިސާބުތަކާއިއެކާއިއެކު މާލީތަނަވަސްކަން ހާމަކޮށްދިނުމަށްޓަކައި ކްރެޑިޓް ރިފަރަންސް ސިޓީ ހުށަހެޅިދާނެއެވެ. އެސިޓީގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ.
|
4.3 |
ބިޑްހުށަހަޅާ ފަރާތުން ސަރުކާރުގެ މިފަދަ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވާނަމަ އެފަރާތެއްގެ މަސައްކަތުގެ ފެންފަރު އަންގައިދޭ ލިޔުމެއް ޕްރޮޖެކްޓް ޙަވާލުކުރި ފަރާތުން ހޯދުމަށްފަހު ހުށަހަޅަންވާނެއެވެ. |
4.4 |
ހުށަހަޅާބީލަމުގެ އަގަކީ ނުވަތަ މިޕްރޮޖެކްޓްގެ ދަށުން ހެދޭނެ އެއްބަސްވުމުގެ އަގަކީ އަހަރަކު 1 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްނަމަ ބީލަން ހުށަހަޅާ ފަރާތްތަކަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ. އަދި ބިޑްގައި މިރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހިމެނިފައި އޮންނަންވާނެއެވެ. |
4.5 |
މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާއިރު މިމަޢުލޫމާތު ކަރުދާހުގައި ހުށައެޅުމަށް އެދިފައިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ އަންދާސީ ހިސާބު ބަލައި ނުގަތުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވެއެވެ. އަދި ބަލައިގަތުމަށްފަހުވެސް މައުލޫމާތު ފުރިހަމަނުވާނަމަ އެފަދަ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބާތިލް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. |
5.0 |
ބީލަންވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތް |
5.1 |
މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ނަމްބަރު 10.33 ގައިވާގޮތަށް ބީލަންވެރިންގެ އަމަލުތައް ބަހައްޓަންވާނެއެވެ. |
5.2 |
މިމާއްދާގެ 5.1 ގައި ބަޔާންކޮށްފައިވާ ގޮތައް އަމަލުތައް ނުބެހެއްޓޭ ފަރާތްތައް ބީލަމުން ވަކިކުރުމުގެ އިޚްތިޔާރު މިސަވިސްއަށް ލިބިގެންވެއެވެ. |
6.0 |
އެވޯރޑްކުރުން |
6.1 |
ބީލަން އެވޯރޑްވިކަމުގެ ސިޓީއާއިއެކު އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އެދި ފޯމު ފޮނުވޭނެއެވެ. މަޢުލޫމާތު ފޯމް ފުރިހަމަކުރުމަށްފަހު ސިޓީގައިވާ މުއްދަތުގެ ތެރޭގައި ފޮނުވަންވާނެއެވެ. |
6.2 |
ބީލަން އެވޯރޑްވި ފަރާތަށް އެއްބަސްވުމުގެ ޑްރާފްޓް ފޮނުވޭނެއެވެ. އެއްބަސްވުމުގެ ޑްރާފްޓް ފޮނުވާތާ 3 ދުވަހުގެ ތެރޭގައި އެވޯރޑްވި ފަރާތުގެ ކޮމެންޓާއިއެކު ފޮނުވަންވާނެއެވެ. |
6.3 |
އެއްބަސްވުމުގައި ސޮއިކުރުމަށް އަންގާ ތާރީހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ. |
6.4 |
މިމާއްދާގެދަށުން ބަޔާންކުރެވިފައިވާ ކަންތައްތައް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަ ނުކޮށްފިނަމަ އެވޯރޑްވިކަމުގެ ސިޓީ ބާތިލުކުރުމަށްފަހު އެހެންފަރާތަކަށް އެވޯރޑުކުރުމުގެ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ލިބިގެންވެއެވެ. |
7.0 |
ސާމްޕަލް |
7.1 |
މި ބީލަމުގެދަށުން ސާމްޕަލް ހުށަހަޅަންޖެހޭނަމަ ބިޑް އެވޯޑްވިކަމުގެ ލިޔުމާއިއެކު ސާމްޕަލް ހުށަހަޅަންވީ މުއްދަތު އެފަރާތަކަށް އެންގޭނެއެވެ. އެގޮތުން މިސަރވިސްގެ ފަރާތުން ސާމްޕަލް ހުށަހެޅުމަށް ދެވޭ މުއްދަތުގެ ތެރެގައި ސާމްޕަލް ހުށަހަޅަންވާނެއެވެ. |
Request for Proposal
Enterprise SAN Storage
Requirement
1 x Enterprise SAN Storage with 150TB Usable Capacity
# |
Feature |
Minimum Specification |
1 |
Brand |
Should be brand from a reputed storage vendor with local presence. Proposed storage product vender should be listed in the leaders quadrant of Gartner Magic Quadrant for General-Purpose Disk Arrays for 2017-2019. Include the most recent Gartner report. |
2 |
Model |
Specify the exact model name of the proposed System Specify manufacturer part numbers. |
3 |
Country of Origin |
Specify the Country of origin of the proposed storage system |
4 |
Country of Manufacture / Assembled |
Specify the country where the proposed storage system manufactured (assembled) in. |
5 |
Architecture |
Offered Storage Array shall be configurable in a No Single Point of failure including Array Controller card, Cache memory, FAN, Power supply etc. |
6 |
Cache |
System Array Cache: 16GB (8GB cache per controller) Offered Storage shall support at-least 8TB of Flash cache. |
7 |
Data Tiering |
Offered storage subsystem shall support three tier data tiering (performance, standard, archive) |
8 |
Power Supply |
Should be configured with dual redundant hot-plug power supply |
9 |
Storage Specification |
The Storage Array system configuration:
Should provide official manufacturer storage sizing reports indicating the following (mandatory):
The storage subsystem shall support SFF and LFF drives with the addition of required disk enclosures. Offered storage should be supplied with minimum 08 number of host ports. All the ports should be configurable as either 16Gb FC or 10Gb iSCSI by replacing the requisite SFP. The storage array shall be supplied with
|
10 |
Storage Licenses, Management and features |
Thin Provisioning License should be included for the whole Array. Should not have to upgrade base on capacity upgrades. Remote Replication License should be included for the whole Array. Should not have to upgrade base on capacity upgrades. Storage should support Array based block level replication via FC or iSCSI ports. Snapshot Capability. License should be included. Should support 3 level of tiering with different disk pools Should support HTML5 based web management interface |
11 |
Warranty |
Vendor on-site support for 24x7, 3-year Support Service and Part Replacement Service Should provide original supported replacement parts and materials necessary to maintain the covered hardware product in operating condition, including parts and materials during the warranty period. |
12 |
Training |
Vendors must provide information about available training courses for users in the multiple roles required for the implementation and support of the proposed system. |
13 |
Installation |
|
Compulsory Criteria
- Bidding party should provide an authorized letter from the vendor approving the sale for this tender.
- Bidding party should provide a professional certification level storage training for 3 persons abroad. All costs must be covered by the bidding party.
Evaluation Criteria
Following point system will be used for evaluation process.
# |
Specifications |
Points |
1 |
Company Profile (5) |
|
|
- Company History |
02 |
|
- Company Registration Certificate copy |
01 |
|
- GST Registration Certificate copy |
01 |
|
- Covering letter |
01 |
2 |
Completed similar Projects - One reference - 1 point - 2 or more references - 5 Points A list of customers, projects and contact details along with a stamped reference letter from company |
05 |
3 |
Financial capacity (Stamped Original bank Statement for past 6 months) - For 100% Coverage - 10 Points - For 50% and Above 2.5 Points - No Points will be awarded for coverages below 50% of the bid price |
10 |
4 |
Price ( ) |
50 |
5 |
Delivery ( ) |
20 |
|
Support / Support on-site |
5 |
|
Warranty parts |
5 |
|
TOTAL |
100 |
Product list |
||||||||||
NO |
Description |
QTY. |
UNIT |
RATE |
AMOUNT (MVR) |
|||||
1 |
Enterprise SAN Storage with 150TB Usable Capacity
|
01 |
|
|
|
|||||
TOTAL |
|
|||||||||
GST 6% |
|
|||||||||
SUB TOTAL (MVR) |
|
|||||||||
|
|
|
|
|
|
|||||
DELIVARY DURATION (DAYS) |
|
|||||||||
އެއްބަސްވުމުގައި ހިމެނޭނެ ބައެއް މުހިންމު ޕޮއިންޓްސްތައް
1- އަގުއަދާކުރާނެ ގޮތްް:
ހ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހުރިހާ ތަކެއްޗެއް ގަންނަ ފަރާތާއި ޙަވާލުކޮށް، އެތަކެތި ޗެކްކުރުމަށްފަހު އެއީ ގަންނަ ފަރާތުން މިއެއްބަސްވުމުގެ ދަށުން ގަތުމަށް އެއްބަސްވެފައިވާ ތަކެތި ކަމުގައިވެފައި، ހުށަހަޅާފައިވާ ބިލްގައި އެއްވެސް މައްސަލައެއް ނެތްނަމަ، ބިލް ހުށަހަޅާ ތާރީޚުން ފެށިގެން (ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ ) 30 ( ތިރީސް ) ދުވަހުގެ ތެރޭގައެވެ.
ށ. އަގުއަދާކުރާނީ ހުރިހާ ތަކެއްޗެއް ގަންނަ ފަރާތަށް ފޯރުކޮށްދިނުމަށްފަހު، އަދި އެތަކެއްޗަކީ ވިއްކާ ފަރާތުން ފޯރުކޮށްދިނުމަށް އެއްބަސްވެފައިވާ ތަކެތިތޯ ބަލައި ޗެކްކުރުމަށްފަހުގައެވެ. ޖޫރިމަނާއެއް ވާނަމަ އެޖޫރިމަނާއެއް ބިލުން އުނިއިތުރު ކުރުމަށްފަހުއެވެ.
2- އެއްބަސްވެފައިވާމުއްދަތަށްތަކެތިފޯރުކޮށްނުދެވިއްޖެނަމަޢަމަލުކުރާނެގޮތް:
ހ. މަސައްކަތާއި ޙަވާލުވި ފަރާތުގެ އިޙްމާލުން، މިއެއްބަސްވުމުގެ މުއްދަތުގައި މަސައްކަތް ފުރިހަމަކޮށް ނުނިމިއްޖެނަމަ މަސައްކަތް ޙަވާލުކުރި ފަރާތަށް ގެއްލުމުގެ އަގު މަސައްކަތާއި ޙަވާލުވި ފަރާތުން ދޭންޖެހޭނެއެވެ. މިގޮތުން އެއްބަސްވެފައިވާ މުއްދަތަށް ވުރެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް މި އެއްބަސްވުމުގަައިވާ މަސައްކަތް ފުރިހަމަކޮށް ނިންމުމަށް އެއްބަސްވެފައިވާ އަގުގެ 0.005 (ސުމެއް ޕޮއިންޓް ސުމެއް ސުމެއް ފަހެއް) ޖޫރިމަނާގެ ގޮތުގައި އުނިކުރެވޭނެއެވެ.
CP x 0.005 x LD= ލިކުއިޑޭޓް ޑެމެޖަސް (ލަސްވުމުގެ އަގު)
- CP = ކޮންޓްރެކްޓް ޕްރައިސް: ކޮންޓްރެކްޓްގެ ޖުމުލަ އަގު
- LD = ލޭޓް ޑިއުރޭޝަން: ކޮންޓްރެކްޓްގެ މުއްދަތަށް ވުރެ އިތުރުވާ ދުވަސްތައް
ށ. މިމާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ޖޫރިމަނާގެ ގޮތުގައި ފުރިހަމަ ކޮށްފައިވާ މަސައްކަތުން އުނިކުރެވޭ ޢަދަދު، ތަކެތީގެ ޖުމްލަ އަގުގެ އަށްވުރެ އިތުރުވެއްޖެނަމަ މަސައްކަތާއި ޙަވާލުވިފަރާތް މި މުޢާމަލާތުން ވަކިކުރުމުގެ އިޚްތިޔާރު މަސައްކަތް ޙަވާލުކުރި ފަރާތަށް ލިބިގެންވެއެވެ.
3- ތަކެތީގެފެންވަރު:
ހ. ތަކެތި ވިއްކާ ފަރާތުން ގަންނަ ފަރާތާއި ތަކެތި ޙަވާލުކޮށް ނިމޭއިރު ތަކެތި ހުންނަންވާނީ، ގަންނަ ފަރާތުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ. އަދި އެތަކެތި ހުންނަންވާނީ ތަކެތި ގަންނަ ފަރާތުން ޤަބޫލުކުރާ ފެންވަރުގެ ތަކެތީގެ ގޮތުގައެވެ.
ށ. މިއެއްބަސްވުމުގެ ދަށުން އެޕްރޫވަލް ދެވިފައިވާ ސާމްޕަލްތަކާއި ޚިލާފަށް، ތަކެތި ވިއްކާ ފަރާތުން ފޯރުކޮށްދީފައިވާ ތަކެއްޗަކީ ފެންވަރު ދަށް ތަކެތި ކަމަށްސާބިތުވާނަމަ ނުވަތަ އެތަކެތީގައި އުނިކަމެއް ހުރިނަމައެފަދަ ތަކެތި ބަލައި ނުގަތުމުގެ އިޚްތިޔާރު ގަންނަ ފަރާތަށް ލިބިގެން ވެއެވެ.
ނ. މަތީގައި ބަޔާންކުރެވިފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ތަކެތި ގަންނަ ފަރާތުން ތަކެތި ވިއްކާ ފަރާތާއި ތަކެތި ޙަވާލުކުރަން ނިންމައިފި ހިނދެއްގައި އެފަދަ ތަކެތީގެ ބަދަލުގައި ތަކެތި ގަންނަ ފަރާތުން ޤަބޫލުކުރާ ފެންވަރުގެ (ތަކެތި ގަންނަ ފަރާތުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަދި ތަކެތި ގަންނަ ފަރާތުން އެޕްރޫވަލް ދީފައިވާ ސާމްޕަލާއި އެއްގޮތަށް) ނުވަތަ އެއާއި އެއްފެންވަރެއްގެ އެހެން ތަކެތި، ވިއްކާ ފަރާތުން ގަންނަ ފަރާތަށް އިތުރު އަގަކާއި ނުލައި ފޯރުކޮށް ދޭންވާނެއެވެ.
ރ. މި މާއްދާގެ ''ށ'' ގައި ބަޔާންކުރެވިފައިވާ ފަދަ ހާލަތެއް މެދުވެރިވެގެން ، ވިއްކާ ފަރާތާއި ތަކެތި ޙަވާލުކުރަން ގަންނަ ފަރާތުން ނިންމައިފިނަމަ އެފަދަ ތަކެއްޗާއި ވިއްކާ ފަރާތުން ޙަވާލުވާންވާނެއެވެ. އަދި ވިއްކާ ފަރާތުން ތަކެއްޗާއި ޙަވާލުނުވުމުގެ ސަބަބުން ތަކެއްޗަށް ލިބޭ އެންމެހައި ގެއްލުމަކަށް ޒިންމާ ވާންޖެހޭނީ ވިއްކާ ފަރާތުންނެވެ.
4- އެއްބަސްވުމުގައިނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެގޮތް:
މިއެއްބަސްވުމުގައި ނުހިމެނޭކަމެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރާނީ ދެފަރާތުގެ މެދުގައި މަޝްވަރާކުރެވި ދެފަރާތް އެއްބަސްވާގޮތެއްގެ މަތީންނެވެ. މިގޮތުން ޙައްލު ނުކުރެވިއްޖެނަމަ ގަންނަ ފަރާތާއި ވިއްކުމަށް ޙަވާލުވި ފަރާތަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް އެކަމެއް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
5- އަމިއްލަ ބާރުނުފޯރުވޭ ކަންތައްތައް:
އެކަމެއް ހުއްޓުވުމުގެ ބާރު ވިއްކާފަރާތަށް ނެތް ކަމެއް ދިމާވުމުގެ ސަބަބުން، މިއެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރެވިއްޖެނަމަ، ތަކެތި ގަންނަ ފަރާތުން އެކަން މަޤްބޫލު އުޛުރެއްގެ ގޮތުގައި ޤަބޫލުކުރަންވާނެއެވެ. މިފަދަ ޙާލަތްތަކުގެ ތެރޭގައި ތޫފާން، ފެންބޮޑުވުން، ހަނގުރާމަ، މަދަނީ ހަމަނުޖެހުން ހިމެނެއެވެ.
Bid Registration Form ބީލަމުގައި ރަޖިސްޓަރީވާ ފޯމް |
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||
|