ދިވެހިރާއްޖެ
ނަންބަރ : IUL)MMPRC-PRO/1/2019/66)
އިޢުލާން
2020 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ހަރަކާތްތަކުގައި ބޭނުންކުރާނެ" މޯލްޑިވްސް ކަލަންޑަރ 2020" މި ކޯޕަރޭޝަނުން ފޯރުކޮށްދޭ ޑިޒައިނާއި އެއްގޮތަށް ތައްޔާރުކޮށްދީ މި ކޯޕަރޭޝަނަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MMPRC-PRO/1/2019/61) ޢިއުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ސެޕްޓެމްބަރ 25ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ވަޑާއިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދަސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 މުޙައްރަމް 1441ޙ.
16 ސެޕްޓެމްބަރ 2019މ.