އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އއ. ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ކުރާބައިގެ ސްޓޭޖާއި، ބެކްޕެނަލް ހެދުމުގެ މަސައްކަތް.

 

c

 

 

އަރިއަތޮޅު އުތުރުބުރީ ރަސްދޫ މެޖިސްޓްރޭޓް ކޯޓު

           އއ.ރަސްދޫ،

            ދިވެހިރާއްޖެ.

                                                              ނަންބަރު: U2MC-A/2019/09

 

އިޢުލާން

 

އއ. ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ކުރާބައިގެ ސްޓޭޖާއި، ބެކްޕެނަލް ހެދުމުގެ މަސައްކަތް.

 

ސުރުޙީގައި ދެންނެވިފައިވާ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މި މަސައްކަތާއިގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 19 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގައި، އަދި، އަންދާސީ ހިސާބު ހުށަހެޅުން، 25 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގައި، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓު އަދި އއ. ފެރިދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. މި ސެޝަނަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށްޓަކައި ބޭނުންވެލައްވާ ލިޔުންތައް، އިސްވެ މިދެންނެވި މަޢުލޫމާތުދޭ ސެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެ ސެޝަންގައި ދޫކުރެވެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

16  މުޙައްރަމް  1441

16 ސެޕްޓެމްބަރ 2019

 

 

 

 

 

                                                ޢަބްދުﷲ ޝާކިރު

                                                ކޯޓް އެޑްމިނިސްޓްރޭޓަރ

 

16 ސެޕްޓެންބަރު 2019
ހޯދާ