ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު (ޤާނޫނު ނަންބަރ 4/75 ) ގެ 5 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ތަކެތި އެތެރެކުރުމަށާއި ބޭނުންކުރުމަށް ދޭ ހުއްދައިގާ ސްޓޭމްޕް ޖެހުން
ޤާނޫނު ނަންބަރު 4/70 (އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެމަތީން، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު (ޤާނޫނު ނަންބަރު 4/75) ގެ 5 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ތަކެތި އެތެރެކުރުމަށާއި ބޭނުންކުރުމަށް މި މިނިސްޓްރީން ދޭ ހުއްދައިގާ ސްޓޭމްޕް ޖަހަންޖެހެއެވެ.
ވީމާ، 01 އޮކްޓޯބަރ 2019 އިން ފެށިގެން ޤާނޫނު ނަންބަރު 4/75 ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ތިރީގައި ދެންނެވިފައިވާ ތަކެތި، ރާއްޖެއަށް އެތެރެކުރުމަށްއެދި މި މިނިސްޓްރީއަށް ހުށަހަޅުއްވާނަމަ -/500 ރ (ފަސްސަތޭކަ ރުފިޔާ) ގެ ރެވެނިއު ސްޓޭމްޕަކާއެކު އަދި އެތަކެތި ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅުއްވާނަމަ، އަހަރަކަށް -/24 ރ (ސައްވީސް ރުފިޔާ) ގެ ރެވެނިއު ސްޓޭމްޕަކާއެކު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
ހ- ކުއްތާ
ށ- ނުރައްކާތެރި ޖަނަވާރު
ނ- ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ
ރ- ފޮގުސިގްނަލް، ހަވާ، ފަޓާސް
ބ- ހޯދާ ސަލާމަތް ކުރުމުގެ ބޭނުމުގައި ބޯޓްފަހަރުގައި ކޮންމެހެން ގެންގުޅެންޖެހޭނެ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ގޮވާ އެއްޗެހި
17 މުޙައްރަމް 1441
16 ސެޕްޓެމްރ 2019