ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ނުނިމިހުރު މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަންފޮތް ބަންދުނޫންކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެވެ. ބީލަން ފޮތުގެ އަގަކީ -/500 ދިވެހި ރުފިޔާއެވެ.

މިމަޝްރޫއުގެ ޕްރިބިޑް ބައްދަލުވުން އޮންނާނީ 2019 ސެޕްޓެމްބަރ 22 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައި ހަމަ އެގަޑީގައެވެ. އަންދަސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމެނިފައިހުންނަންވާނެވެ.

ހ. "ދިޔަމިގިލީ ގައި އަލަށް ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ ނުނިމި ހުރި މަސައްކަތްތަށް ކުރުން"

ށ. އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް، އައި.ޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ

ނ. އަންދާސީ ހިސާބު ހުށަހަޅާ ތާރީޚާއި ވަގުތު

ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

16 މުޙައްރަމް 1441

15 ސެޕްޓެމްބަރ 2019

15 ސެޕްޓެންބަރު 2019
ހޯދާ