ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: IUL10-F/10/2019/113
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްއަށް ތިރީގައި މިދަންނަވާ ފޮތްތައް ޗާޕް ކުރުމަށް ބޭނުން ވެއްޖެއެވެ.
1- ޖުވަނައިލް ޖަސްޓިސް ޓްރެއިނިންގ ބުކްލެޓް
2- ޤާނޫނާ ޚިލާފުވާ ކުދިންގެ ރިޕޯޓް
3- ހަރުދަނާ މައިންބަފައިންގެ ތަމްރީން
4- ވިއަވަތި ބުރޯޝާ
5- ވިއަވަތި ފޮތްބައި (އިސްލާމް އަދި ޤާނޫނީ ހޭލުންތެރިކަން)
ވީމާ، މަތީގައިވާ ފޮތްތައް ޗާޕް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ސެޕްޓެންބަރު 2019 އަންގާރަ ދުވަހުގެ 11:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.