ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

އިޢުލާން

 

މަޤާމް:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ މުއްދަތު:

02 (ދޭއް) އަހަރު

ވަޒީފާއަދާ ކުރަންޖެހޭ ތަން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

މުސާރަ:

-/ 15,000ރުފިޔާ

އެލަވަންސް:

ޕަރފޯމަންސް އެލަވަންސް: -/5,000

ހާޟިރީ އެލަވަންސް:    -/3,500

މައިގަނޑު މަސައްކަތްތައް

އިއުލާނާއި އެކުގައިވާ "ޓާމްސް އޮފް ރެފަރެންސް" (ޓީ.އޯ.އާރް) ގައި ހިމެނިފައި

މަޤާމުގެ ޝަރުތުތައް:

  1. އައި.ސީ.ޓީ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުން.
  2. ޑާޓާ ސެންޓަރ އެޑްމިނިސްޓްރޭޝަންގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  3. އޯއެސްއައި  މޮޑެލް ގެ އިލްމު ހުރުމާއި، އެތޭރނެޓް ނެޓްވޯކް ކޮންފިގަރޭޝަން، ޓީސީޕީ/އައި.ޕީ، އައި.ޕީ އެޑްރެސްކުރުމާއި ކޭބަލް ކުރުމުގެ ހުނަރު ހުރުން.
  4. ކްލައިންޓް ސަރވަރ، ވިންޑޯސް އެން.ޓީ / އެކްސް.ޕީ ސަރވަރ، އެޑްވާންސްޑް ސަރވަރ 2000، ވީއެމްވެއަރ އީއެސްއެކްސް ސަރވަރގެ ވަރޗުއަލައިޒޭޝަން، އެޑްމިނިސްޓްރޭޝަން، އަދި ލިނެކްސް/ ޔުނިކްސް ފަޔަރވޯލް އިންސްޓޯލްކޮށް ކޮންފިގަރ ކުރުމުގެ މަސައްކަތު ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  1. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިމަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން18 ސެޕްޓެމްބަރ 2019  ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected])   ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

11 މުޙައްރަމް 1441

10 ސެޕްޓެމްބަރ 2019

 

 

 

10 ސެޕްޓެންބަރު 2019
ހޯދާ