ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އައި.ސީ.ޓީ ޓްރެއިނަރ

އިޢުލާން

 

މަޤާމް:

އައި.ސީ.ޓީ ޓްރެއިނަރ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ މުއްދަތު:

02 (ދޭއް) އަހަރު

ވަޒީފާއަދާ ކުރަންޖެހޭ ތަން

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

މުސާރަ:

7,500 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިންފޮމޭޝަން ޓެކްނޯލޮޖީ ގެ އަސާސީ ތަމްރީންތައް ކޮމިއުނިޓީ އީ-ސެންޓަރ އޮޕަރޭޓްކުރާ ފަރާތްތަކަށާއި ރަށު ކައުންސިލްގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިނުން
  2. އިންފޮމޭޝަން ޓެކްނޯލޮޖީ ގެ އަސާސީ ތަމްރީންތައް އާންމު ރައްޔިތުންނަށް ދިނުން
  3. ޓްރޭނިންތައް ހަމަޖައްސާއި ހިންގުމަށް ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްގޮތަށް ދުވަހުން ދުވަހަށް ކުރުން
  4. ހިންގާ ޓްރޭނިންގ ޕްރޮގްރާމްތަކާއި ގުޅޭގޮތުން، ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިއުންތައް ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްގޮތަށް ބެލެހެއްޓުން
  5. އަމިއްލަ އިސްނެގުމާއެކު ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

މަޤާމުގެ ޝަރުތުތައް:

ޖީ.ސީ.އީ އޯ ލެވެލް ގެ 3 (ތިން) މައްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ވުމާއި، އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާގެ އަސާސީ ތައުލީމު ލިބިފައިވުމާއި، ކަނޑުމަގުންނާއި ވައިގެ މަގުން ރަށްރަށަށް ދަތުރުކުރުމާއި، ގިނަވަގުތު މާލެއިން ބޭރުގައި މަސައްކަތް ކުރެވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  1. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިމަސައްކަތައް ޝައުޤުވެރިވެލައްވާ ބޭފުޅުން18 ސެޕްޓެމްބަރ 2019  ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއި އެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމޭލަށް ([email protected])   ފޮނުއްވުން އެދެމެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

11 މުޙައްރަމް 1441

10 ސެޕްޓެމްބަރ 2019

 

 

 

10 ސެޕްޓެންބަރު 2019
ހޯދާ