ދިވެހިރާއްޖެ
އަރިއުތުރު ސައިންސް އެންޑް ޓެކްނޮޖޮޖީ ސޮސައިޓީ އާއި ލިޓްރަރީ ސޮސައިޓީގެ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)233-CA/233/2019/21 (08 އޮގަސްޓް 2019) އިޢުލާނުގަ އާއި އަދި ބިޑް ޑޮކިއުމެންޓްގައި ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، މި އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019 ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 11 އިން 16 އަށް ރަޖިސްޓްރީވުމަށް އެދި، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި ނަން ނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެ އެވެ.
މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި -/2,500ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓާރ) ހުށަހަޅުއްވަންވާނެ އެވެ.
ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2019 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ސެޕްޓެމްބަރ 24 ވަނަ ދުވަހުގެ 13:30 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.