ވިލުފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޮޗަރ

މަޤާމް :ވޮޗަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުސަތު

މަޤާމް:

ވޮޗަރ

މަގާމު ނަންބަރު

J-258945

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

ހައުސްކީޕިން

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ވިލުފުށީ ޞިއްޙީމަރުކަޒު

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

1200.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  4. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދު ކަޑައެޅިފައިވާ ޤަވައިދުގެ މަތިން ޑިއުޓީ އަދާކޮށް ސެކިއުރިޓީ ބެލެހެއްޓުން .
  2. ޞިއްޙީމަރުކަޒުގައި އެޑްމިޓްކުރެވިފައިވާ މީހުންގެ ކައިރިއަށް ކަޑައެޅިފައިވާ ގަޑިފިޔަވައި އެހެންގަޑީގައި ޒިޔާރަތް ކުރުން ކޮންޓްރޯލް ކޮށް ބަލިމީހާއަށާއި ޑިއުޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށްދަތި ނުވާގޮތަށް ތަނުގެ މާހައުލު ތަނަވަސް ކުރުމުގައި އެހީތެރިވުން .
  3. ޞިއްޙީމަރުކަޒާއި ޞިއްޙީމަރުކަޒުގެ ސަރަހައްދުގައި ޤަވާއިދާއި ޚިލާފު އެއްވެސްކަމެއް ހިނގާނަމަ އެކަމެއްހައްލުކުރުމާއި އަދި ހައްލުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ ތަނުގައި އެވަގުތަކު ހުންނެވި އެއްމެއިސްމުވައްޒަފަކަށް ވަގުތުން އެންގުން .
  4. ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަމާއި، އަދި މީގެއިތުރުން ޙިދުމަތްދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި އެވަގުތު ޑިއުޓީގައި ހުރި އެންމެ އިސްމުވައްޒަފެއް އަންގާގޮތުގެ މަތިން މަސައްކަތްކުރުން  .
  5. ޞިއްޙީމަރުކަޒުގެ އާންމުޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ޒިޔާރަތްކުރާ މީހުންނާއި ޤަވާއިދުތަކާއި އެއްގޮތަށް ރިވެތިބަހުން މުއާމަލާތްކުރުން .
  6. ޞިއްޙީމަރުކަޒަށް ގެންނަންޖެހޭ މުދަލާއި ތަކެތި ޞިއްޙީމަރުކަޒަށް ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދިނުން .
  7. ޞިއްޙީމަރުކަޒުގައި ގަސްއިންދުމާއި، އަދި މަރުކަޒުގެ ވާރޭފެންތާންގީތައް ދޮވެސާފްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  8. ޞިއްޙީމަރުކަޒުގައި ހުންނަ ފަންކާ، ހޮޅިބުރި ފަދަތަކެތި މަސައްކަތްކުރޭތޯބަލައި ރަގަޅުކުރަންޖެހޭ ކަންތައްތައް ވަގުތުން ރަގަޅުކުރުން .
  9. ޞިއްޙީމަރުކަޒުން ރާވާހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި،ހަވާލުކުރެވޭ އެންމެހާ މަސައްކަތްކުރުމާއި އެހެން މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިވުން .

މަޤާމުގެ ޝަރުޠުތައް:

  • ލިޔަންކިޔަން  އެގުން. ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީން، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަދި ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯރމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި  ވިލުފުށީ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   6. ވަޒީފާ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ލިބިފައިވާނަމަ ސެޓުފިކެޓުތަކުގެ ކޮޕީ.

   7. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

   8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އޮފީހުން ދޫކޮށްފައިވާ ލިޔުން. 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯރމް.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ·      މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019  ސެޕްޓެމްބަރ 18 ވާ (ބުދަ)  ދުވަހުގެ 13:30 ގެ ކުރިން، ވިލުފުށީ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ([email protected]) އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. ޢިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

 

އިންޓަވިރވިއު އޮންނާނެ ތަނާއި، މުއްދަތު

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ 22 ސެޕްޓެމްބަރ 2019 ން 30  ސެޕްޓެމްބަރ 2019 އާއި  ދެމެދުގެ ތާރީހެއްގައި ވިލުފުށީ ޞިއްޙިމަރުކަޒުގައެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ،ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު: 

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގުޅާނީ  6780043 ނަންބަރު ފޯނާއިއެވެ. އީ  މެއިލް ކުރާނީ [email protected] އަށެވެ.

 

 
09 ސެޕްޓެންބަރު 2019
ހޯދާ