އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ލެބޯރެޓަރީ އެސިސްޓެންޓް

                                                                                                                              އިޢުލާން

                                                                                                                                                   ނަންބަރ:IUL)MAI-109/MAI/2019/69) 

މަޤާމް:             ލެބޯރެޓަރީ އެސިސްޓެންޓް

މަޤާމުގެ ނަންބަރު:       J-125592

ބޭނުންވާ އަދަދު:        01

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:       GS 3

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން: އަލްމަދަރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ 

މުސާރަ:           -/4465

ސަރވިސް އެލަވަންސް:   -/1500

އެހެނިހެން އެލަވަންސް: 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 

3. ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ

4. ލެބްގައި މަސައްކަތްކުރާ ދުވަހަށް 25ރ ރޭޓުން ރިސްކް އެލަވަންސް ލިބޭނެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މަޤާމުގެ މަސްއޫލިއްޔަތުތަކައި ވާޖިބުތައް:

  • ދަރިވަރުންނަށް ބޭނުންވާ ޕްރެކިޓިކަލްސް ތަކަށް ޓިޗަރުން އަންގާ ގޮތެއްގެ މަތިން ލެބޯޓަރިގެ އިންތިޒާމްތަށް ހަމަޖެއްސުން
  • ލެބްތައް ހުޅުވާ ލެއްޕުމުގައި ފަރުވާތެރިވެ އެތަނުގެ ތަޅުދަނޑިތައް ލެބް ބަންދު ކުރުމަށްފަހު އޮފީހުން އެކަމާ ހަވާލުވެހުރި މުވައްޒަފަކާ ހަވާލުކޮށް ލެބްހުޅުވި ގަޑި އާއި ބޭނުން އަދި ބަންދުކުރިގަޑި ތަޅުދަނޑި ދޫކުރާ ފޮތުގައި ނޯޓްކުރުން. 
  • ލެބްގެ ޤަވައިދުތަކަށް ޓިޗަރުން އަހުލުވެރިކުރުވުމަށް ހަރަކާތްތައް ހިންގުންއަދި ލެބަށް ބޭނުންވާ ތަކެތި ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން.     
  • ލެބްތަކުގައި ހުރި ކެމިކަލތައް އަދި އެހެނިހެން ތަކެތީގެ ސްޓޮކް ގަވައިދުން ބަލަހައްޓައި ނެގޭތަކެތި ބާކީކޮށް ލިބޭތަކެތި ސްޓޮކްބާކީއަށް ވައްދަމުން ގެންދިއުން.     
  • ލެބުގައި ހިންގުން ހަރަކާތްތަކުގެ އަހަރީ ރިޕޯޓް އަހަރު ނިމުމުން ސްޕަވައިޒަރަށް ހުށައެޅުން.    
  • ސްކޫލުގައި ކިޔަވައިދިނުމުގެ އިތުރުން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަތުން. އަދި އެފަދަ ޙަރަކާތްތަކުގައިވެސް ގަޑިއަށް ސަމާލުކަންދެއްވުން 
  • ސްކޫލުގައި އިތުރު ޙަރަކާތްތައް ހިންގުވައި އެދާއިރާއިން ދަރިވަރުންނަށާއި މުވައްޒަފުން، އަދި ސްކޫލަށް ރީތި ނަމާއި އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވުން.
  • ސްކޫލުން ޙަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަންގަވައިގެން ޝައުޤުވެރިކަމާއެކު ކުރުމާއި، މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް، ހިތްވަރާއެކު މަސައްކަތްކޮށް ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ، ޢިލްމީ ޤާބިލްކަން ކުރިއެރުވުމުގެ އިތުރުން ވަޒީފާގެ ބާވަތުން، މުއައްޒަފެއްގެ ހައިސިއްޔަތުން ކުރުމަށް ސުކޫލުގެ ވެރިން އަންގަވާ ކަންތައްތައް ކުރެއްވުން.   
  • ސްކޫލުން ބާއްވާ ސްޓާފް މީޓިންގ ތަކާއި ސެޝަން މީޓިންގ، ބެލެނިވެރިންގެ ބައްދަލުވުންތަކާއި އެނޫނަސް ލީޑިންގް ޓިޗަރެއްގެ ޙައިސިއްޔަތުން ބައިވެރިވެލެއްވުމަށް ސްކޫލުން އަންގާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވެވަޑައިގަތުން.
  • އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ރަޙުމަތްތެރިކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރޫޙް ޤާއިމްކުރުމަށް މަސައްކަތްކުރުމާއި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އަގު ހިފެހެއްޓުމަށް މަސައްކަތްކުރުން އަދި ދިވެހި ސަރުކާރުގެ ޤަވާޢިދުތަކާއި، ދިވެހި ސިވިލް ސާރވިސްގެ ޤަވާޢިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ޤަވާޢިދުތަކަށް އަހުލުވެރިވެ އެއަށް ޙުރުމަތްތެރިކޮށް ހިތުން.    
  • ސްކޫލުގެ ޓައިމްޓަބަލާ އެއްގޮތަށް ޓިޗަރުން ބޭނުންވާ ލެސަންތައް ލެބްގައި ނެގޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  • ލެބޯޓްރީއަށް ހޯދޭ ކެމިކަލްތަކާއި މެޓީރިއަލްސްތައް ލޭބަލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޓީޗަރުން އަންގާގޮތެއްގެ މަތިން ލެބްގަޑިތަކަށް ބޭނުންވާ ތަކެތިނަގައި ލެބް ތައްޔާރުކުރުން.
  • ލެބްގައި ބޭނުންކުރެވޭ ކެމިކަލްސްތަކާއި އެހެނިހެންތަކެތިން ދަރިވަރުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔވަޅުތައް އަޅާފައިހުރުން. ލެބްގެ ޤަވައިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ހަރަކާތްތައް ހިންގުން.

މަޤާމުގެ ޝަރުތުތައް:

  ސާނަވީ ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

    (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހު 13.45 ގެ ކުރިން، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އޮފީހަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 17 ސެޕްޓެމްބަރ 2019 އާއި 30 ސެޕްޓެމްބަރ 2019 އާއި ދެމެދުގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީހްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މަދަރުސާގެ ނަންބަރު 3323627 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

09 މުޙައްރަމް 1441
08 ސެޕްޓެންބަރު 2019
ހޯދާ