1- ރިހިބިލިޓޭޝަން ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ޤަވާޢިދު ނަމްބަރ: 387-R/2014 ގައި ބަޔާންވެފައިވާ ގޮތުގެ މަތީން ސެންޓަރުގެ އެންމެހާ މަސްއޫލިއްޔަތެއް ސުޕްރިންޓެންޑެންޓެއްގެ ހައިޝިއްޔަތުން އަދާކުރުން.
2- ސެންޓަރުގެ ކްލިނިކަލް އަދި އިދާރީ މަސައްކަތްތައް ރާވާ ހިންގުމާ، މެއިންޓެނަންސްގެ ކަންތަކާ އަދި ހޯދާންޖެހޭ ތަކެތި ހޯދާ ބެލެހެއްޓުން.
3- ނެޝަނަލް ޑްރަގް އެޖެންސީގެ ލަފަޔާއެއްގޮތަށް ސެންޓަރުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމާއި ކުރިޔަށް އޮތް އަހަރަށް ކަޑައަޅާ ސެންޓަރުގެ އެކްޝަން ޕްލޭން އެކުލަވާލުމާ، އެކްޝަން ޕްލޭނާއި އެއްގޮތްވާގޮތުގެ އަހަރީ ބަޖެޓް ހަދާ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑިވިޝަނަށް ހަވާލުކުރުން.
4- އަހަރީ ބަޖެޓް ހަދާ ހެޑް އޮފީހަށް ފޮނުވުމާއި އެއަހަރަށް ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް ތަނުގެ މެންޑޭޓާއި ގުޅޭގޮތުން ރާވާ ހިންގުން.
5- ޕްރޮޖެކްޓްތަކާއި، ޕްރޮގްރާމުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ވެރިންގެ މަޝްވަރާގެ މަތިން ގެނައުން.
6- ސެންޓަރުގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އަދި ހެޔޮގޮތުގައިތޯ ބަލާ އެގޮތަށް ހިގާކަން ކަށަވަރުކުރުން.
7- ހެދިފައިވާ އޮނިގަނޑާއި އެއްގޮތްވާގޮތުގެ މަތިން ތަނުގެ މަސައްކަތްތައް ރާވާ އެމަސައްކަތް މުވައްޒަފުންނާއި ހަވާލުކޮށް އެމަސައްކަތް ހިންގާ ބެލެހެއްޓުން.
8- ސެންޓަރުގައި މުވައްޒަފުން ޢަމަލު ކުރަމުން ގެންދަނީ ހެދިފައިވާ ޤަވާޢިދު ތަކާއި އުޞޫލުތަކަށް ތޯ ކަށަވަރުކުރުމާއި، ކަމާއިގުޅޭ ގޮތުން އިސްލާޙި ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ ނޭޝަނަލް ޑްރަގް އޭޖެންސީގެ ލަފާގެ މަތިން އިސްލާޙީ ފިޔަވަޅު އެޅުން.
9- ފަރުވާގައި ތިބޭ ފަރާތްތަކަށް ތަފާތުކުރުމެއްނެތި ޚިދުމަތް ލިބޭކަން ކަށަވަރުކުރުން.
|