ދިވެހިރާއްޖެ
ނަންބަރު: IUL)PSM-MMI/PSM/2019/82)
ރާގަށް ބަންގި ގޮވަން ދަސްކޮށްދޭނެ ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
އިޢުލާން
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ، ރާގަށް ބަންގިގޮވަން ދަސްކޮށްދޭ ވޯކްޝޮޕްގައި ބަންގިގޮވަން ދަސްކޮށްދިނުމަށް ޝައުގުވެރިވާ ޕާޓްޓައިމް ލެކްޗަރަރއިން ހޯދުމަށް އިޢުލާންކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ޕްރޮގްރާމް/ވޯކްޝޮޕް: |
ރާގަށް ބަންގިގޮވަން ދަސްކޮށްދޭ ވޯކްޝޮޕް |
މުއްދަތު އަދި ދުވަސް |
5 ހަފްތާ، ހަފްތާއަކު 2 ގަޑިއިރު (ޖުމްލަ 10 ގަޑިއިރު / ހަފްތާ ބަންދުގައި) |
ޝަރުތު: |
- ގުޅޭ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ - މަދުވެގެން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.) |
މަޤާމުގެ މަސްއޫލިއްޔަތު: |
ހަވާލުކުރެވޭ މޮޑިއުލާ ނުވަތަ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުން |
މަސައްކަތް ކުރަންޖެހޭތަން |
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ) |
އިތުރު މަޢުލޫމާތު: |
ފޯން: 3000340 އަދި އީމެއިލް އެޑްރެސް: [email protected] |
ވީމާ، މިވޯކްޝޮޕް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ޝައުގުވެރިކަން ފާޅުކުރައްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަށް 12 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 16.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
13 މުހައްރަމް 1441
05 ސެޕްޓެމްބަރ 2019