މަޤާމް :
|
އެސިސްޓެންޓް ޕޯސްޓްމަން
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/4221 ރުފިޔާ ( ހަތަރު ހާސް ދުއިސައްތަ އެކާވީސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/1890 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ނުވަދިހަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/60 ރުފިޔާ ( ފަސްދޮޅަސް ރުފިޔާ )
- މެއިލް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން މެއިލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
ފުވައްމުލަކު ޕޯސްޓް އޮފީސް
|
ބޭނުންވާ އަދަދު
|
01
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުން ނުވަތަ؛
- އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން.
- ފުވައްމުލަކު ސިޓީ ގެ، ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން
- ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން
- އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
- ފުވައްމުލަކު ސިޓީ ގައި ވަޒަންވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 ސެޕްޓެމްބަރ 11 ވާ ބުދަ ދުވަހުގެ 14:00 ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. ފެކްސްއިން ނަމަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ޏ. ފުވައްމުލަކުން ނަމަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފުވައްމުލަކު ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހި ރާއްޖެ
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|