ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL 10-F/10/2019/107
އިޢުލާން
މިމިނިސްޓްރީގައި ބޭނުން ކުރުމަށް ތިރީގައި މިދަންނަވާ ސޮފްޓްވެއަރގެ 1 އަހަރު ދުވަހުގެ ލައިސަންސް ގަންނަން ބޭނުންވެއެވެ.
Microsoft Exchange Online
ވީމާ، މި ސޮފްޓްވެއަރގެ ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.