ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL10-f/10/2019/106
އިޢުލާން
މި މިނިސްޓްރީ ހިންގަމުން ގެންދާ ވެލާނާގެ (10 ވަނަ) ފަންގިފިލާގެ އޭ.ބްލޮކުގައި ޖަހާފައި ހުރި ޕާޓިޝަންތަކުގެ ތެރެއިން ބައެއް ޕާޓިޝަންތައް ނަގައި މިނިސްޓްރީ ބުނާ ތަނަކަށް ގެންގޮސް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ސެޕްޓެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.