ދިވެހިރާއްޖެ
ނަންބަރ: IUL)242/242/2019/22)
އިޢުލާން
މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ސެޕްޓެމްބަރ2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ވަޒީފާގެ ފުރުޞަތު |
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު |
01 |
މަޤާމުގެ ބާވަތް |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެވެކެވެ. މިވަޒީފާއަކީ ސިވިލްސަރވިސްގެ ވަޒީފާއެއް ނޫނެވެ.) |
||
މުސާރައާއި އެލަވަންސް |
މުސާރަ: 4465.00 ރުފިޔާ. ސަރވިސް އެލަވަންސް: 1500.00 ރުފިޔާ. އިތުރުގަނޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަނޑީގެ ފައިސާ ލިބިދެވޭނެ. |
||
މަސައްކަތް ކުރަންޖެހޭ ގަޑި |
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެއިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި. |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގދ. ތިނަދޫ |
||
ތަޢުލީމީ ފެންވަރު |
1- ގްރޭޑް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް |
1- އެއްގަމު ލައިސަންސްއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. 2- އެއްގަމު ލައިސަންސް ހެދުމާއި ލައިސަންސްތަކުގެ މަޢުލޫމާތު މަހަކު އެއްފަހަރު ރިޕޯޓް ތައްޔާރުކުރުމަށްފަހު ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުވުން. 3- އެއްގަމު އުޅަދުފަހަރުގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ކުރުން. 4- ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީކުރުމަށް ކުރަންޖެހޭ ސާރވޭކުރުން. 5- ކަނޑު އުޅަދުފަހަރުގެ ރަޖިސްޓްރީ ހެދުން. 6- ކަނޑުގައި ދުއްވާ އުޅަނދުފަހަރު ސާރވޭކޮށް ސަލާމަތީ ސެޓްފިކެޓް ޕަސެންޖަރުންގެ ސެޓްފިކެޓް ބަރުމަރުކާ ސެޓްފިކެޓް ހެއްދުން. 7- ކަނޑުގައިދުއްވާ އިންޖީން އުޅަދުފަހަރުގެ ލައިސަންސް ހެއްދުން. 8- އޮޑީނަންބަރަށް އެދި ހުށަހަޅާފަރާތްތަކަށް އޮޑީ ނަންބަރ ދޫކުރުން. މެރިޓައިމްގެ މަސައްކަތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތައް މަހަކު އެއްފަހަރު ރިޕޯޓް ތައްޔާރުކޮށް ޓްރާންސްޕޯޓް އޕތޯރިޓީއަށް ފޮނުވުން. 9- އިދާރާއިން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުން. |
||
އުޖޫރައާއި އިނާޔަތްތައް |
ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
|
||
ހުށަހަޅަންޖެހޭ ލިޔުންތައް
|
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު 2. ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ: 4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން (އެޓެސްޓް ކުރެވިފައިވާ) |
||
އިންޓަވިއު އަދި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު |
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 10 ދުވަސް ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެ ފަރާތްތަކަށް އެންގޭނެއެވެ. |
||
އިތުރު މަޢުލޫމާތު |
މިއުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ. |
04 މުޙައްރަމް 1441
03 ސެޕްޓެމްބަރ 2019
މުޙައްމަދު ރިޒާން
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ނާއިބު ރައީސް