މަޤާމު: ހަޓް ބަލަހައްޓާ
|
މުސާރަ
|
މަހަކު -/1000 ރުފިޔާ
|
މަޤާމުގެ ބާވަތް
|
01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް
މަސައްކަތުގެ ފެންވަރުބަލާ އެގްރިމެންޓްގެ މުއްދަތު އިތުރުކުރެވިދާނެ.
|
ބޭނުންވާ ޢަދަދު
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޅ.ކުރެންދޫ
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮންމެ ދުވަހަކު 2 ފަހަރު ( ހެދުނާ،ހަވީރު) ރީޓްރާންސްމީޓިންގ ހަޓްގައި ހުރި އިކްއިޕްމެންޓް ރަގަޅުތޯ ބަލާ ޗެކް ކުރުމަށްފަހު އެދުވަހުގެ ހެދުނު 9:00 ގެކުރިން އަދި ހަވީރު 17:30 ގެ ކުރިން ކޮންމެ ދުވަހަކުވެސް ޕީއެސްއެމްގެ ޓްރާސްމީޓިން ޔުނިޓް އަށް އެސް އެމް އެސް މެދުވެރިކޮށް އެންގުން
- ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގާ ފޯރމް ފުރިހަމަ ކުރުމާއި ހަފްތާއަކު އެއްފަހަރު (ކޮންމެ ބުރާސްފަތި ދުވަހަކު) މި ފޯމް ފެކްސ،ވައިބަރ،ނުވަތަ އީމެއިލް މެދުވެރިކޮށް ޕީ އެސް އެމް ގެ އިންޖިނިއަރިންގ އަށް ފޮނުވުން
- ރަށު ޖަނަރޭޓަރުން ކަރަންޓް ބަދަލު ކުރާ ވަގުތު ތަކަށް ޙާއްސަ ސަމާލު ކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައި ވޭތޯ ބަލައި ޗެކްކުރުމާއި ، އޮފްވެފައި ވާނަމަ ޓްރާންސްމީޓަރ އޮން ކުރުން އަދި އިރުއިރުކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ލަސްނުކޮށް އެންގުން.
- ހަޓާއި ޙަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްއިޕްމަންޓެއް ފުހެ ސާފުކުރުން.
- ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކް ކުރުން.
- ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމްގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރިނަމަ ކަނޑާ ސާފް ކުރުން އަދި މަހަކު އެއްފަހަރު ޓަވަރުގެ ޙާލަތު ބަލާ ޗެކް ކުރުމަށް ފަހު ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯރޓް ފޮނުވުން.
- ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުން ދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް އެންގުމާއި ދަވާދުލައި ބަލަހައްޓަންވާނެއެވެ.
- ކޮންޓްރެކްޓް އާ ހަވާލުވެފައިވާ ފަރާތުން ރަށުން ބޭރަށް ދާންޖެހިއްޖެނަމަ ހަޓާއި ހަވާލުވާނެ ފަރާތެއް ހަމަޖެއްސުމަކީ ކޮންޓްރެކްޓް ހަވާލުވެފައިހުރި ފަރާތުން ކުރަންޖެހޭ ކަމެއް.
- ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓްގެ އެއްވެސް އިކްއިޕްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެކަން ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން ޙަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އެންގުން.
- ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަ ކުރެވިއްޖެ ނަމަ އެންމެ އަވަސް ފުރުސަތެއްގައި ޕީ.އެސް.އެމްގެ އިންޖިނިއަރިންގ އިން ޓްރާންސްމިޝަން އާއި ޙަވާލުވެ ތިބޭ ފަރާތްތަކަށް އެންގުން.
- ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އެންގުން އަދި ޕީއެސް.އެމްގެ އިންޖިނިއަރިންގެ ޓްރާންސްމީޓިން ޔުނިޓަށް ރިޕޯރޓްކުރރުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ލިބިފައިވާ ތަމްރީން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ މެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދެންނެވީމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000364 އާއި ގުޅުއްވުން އެދެމެވެ.
|