މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕޮޮލިސް 19 އަދި 20 ނަންބަރު ލޯންޗަށް ބޭނުންވާ ދެ ޖީ.ޕީ.އެސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން
- ޕޮޮލިސް 19 އަދި 20 ނަންބަރު ލޯންޗަށް ބޭނުންވާ ދެ ޖީ.ޕީ.އެސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިސަރވިސްގެ ނަމްބަރ 171-I2(b)/IUL/2019/107 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި މިއިޢުލާނުގެ "ރިލޭޓަޑް ޑޮކިއުމަންޓްސް"ގެ ދަށުން ފޯރުކޮށްދީފައިވާ "Bid Registration Form" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ 02 އީ-މެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2019 ސެޕްޓެންބަރު 04 ވަނަ ދުވަހު ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން އޮންނާނީ ތިރީގައި ބަޔާންކޮށްފައިވާ ތާރީހުގައި އިސްކަންދަރު ބިލްޑިންގ 01ގައެވެ.
ތާރީޚް: 2019 ސެޕްޓެންބަރު 05
ގަޑި: 11:00
- ބީލަން ހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރު 11ވަނަ ދުވަހުގެ 11:00 ގައި އިސްކަންދަރު ބިލްޑިންގ 01 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބް ސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2019 ސެޕްޓެންބަރު 05 ވަނަ ދުވަހުގެ 23:59 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް
މޯލްޑިވްސް ޕޮލިސް ސަރވިސް
އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
ފޯން: 9790052 960 +
އީ-މެއިލް: [email protected]
ކޮޕީ: [email protected]
02 ސެޕްޓެންބަރު 2019
ހޯދާ