ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ - 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓް
ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ގްރީން ކްލައިމެޓް ފަންޑުން 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫޢުގެ ދަށުން ބ.ދަރަވަންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު މަސައްކަތްތައް ބަލައި މޮނިޓަރކުރުމަށްޓަކައި މި ރަށުން ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި މުވައްޒަފަކު ނެގުމަށްބޭނުންވެއެވެ.
ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަގާމު ގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި ހުންނާނެއެވެ.
ޕްރޮޖެކްޓް އޮފިސަރުން ބޭނުންވާރަށްތަކުގެ ލިސްޓް
1. ބ.ދަރަވަންދޫ
ތަޢްލީމާއި ތަޖްރިބާ
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ‘D’ ގްރޭޑް ލިބިފައިވުމާއި، އޭގެ އިތިރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގެ 'ދިވެހި' މިމާއްދާއިން ދަށްވެގެން ‘C’ ފާހެއް ލިބިފައިވުމާއި، އިނގިރޭސިބަހާއި ދިވެހިބަހުން ލިޔެކިޔުމަށް ފަރިތަވުން.
- ކޮންސްޓްރަކްޝަން ސައިޓްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން
- ކޮންޕިއުޓަރު ބޭނުން ކުރުމާއި 'މައިކްރޮސޮފްޓް ވޯޑް' 'މައިކްރޮސޮފްޓް އެކްސެލް' ފަދަ ސޮފްޓްވެއާތަކަށް އަހުލުވެރިވެފައިވުން.
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިޔެކިއުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރަށްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ސްކޫލް ލީވިން ސެޓްފިކެޓް ނުވަތަ ބަޔާން ކޮށްފައިވާ ގްރޭޑް ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުމެއް.
- ލިބިފައިވާ ތަޖުރިބާ ގެ ރެފެރެންސް ސިޓީ ނޫނީ ރެފެރެންސް ހޯދަން ގުޅޭނެ ނަންބަރެށް.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަގާމުތަކަށް ކަނޑައަޅާފައިވާ އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތަކަށް ޖުމްލަ 8,227.75 ރުފިޔާގެ އުޖޫރައެއް ކަނޑައެޅޭނެއެވެ.
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ރަށު ކައުންސިލް އޮފީހަށް ހުށައެޅަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި "ޕްރޮޖެކްޓް އޮފިސަރ - ޖީ.ސީ.އެފް ޕްރޮޖެކްޓް" އާއި ރަށުގެ ނަމާއި، ހުށައަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރާއި، އިއުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު:
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018396، 3018395
އީމެއިލް : [email protected]
2 ސެޕްޓެމްބަރ 2019