މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

މޮންޓްރިއަލް ޕްރޮޓޮކޯލްއާއި ގުޅޭ ޕްރޮޖެކްޓްތައް ހިންގުމާއި ގުޅޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް އޮފިސަރ

 

މަލްޓިލެޓަރަލް ފަންޑް ފޮރަ ދަރ އިމްޕްލިމެންޓޭޝަން އޮފް ދަރ މޮންޓިރަލް ޕޮރޮޓޯކޯލްގެ އެހީގެ ދަށުން އޯޒޯން ޔުނިޓުން ހިންގާ މަޝްރޫއުތަކުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެއް (01) ޕްރޮޖެކްޓް އޮފިސަރ އައްޔަންކުރުމަށް ބޭނުންވެއެވެ.

ޕްރޮޖެކްޓް އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އޯޒޯން ޔުނިޓުން ހިންގާ މަޝްރޫއުތަކާއި އަދި މީގެ އިތުރުން އޯޒޯން ޔުނިޓުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ރަވާ ހިންގުމުގެ ގޮތުން ކުރަންޖެހެ މާލީ މަސައްކަތްތަކާއި ޑޭޓާތައް ބެލެހެއްޓުން ހިމެނެއެވެ.

 

ޕްރޮޖެކްޓް އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

އެންވަޔަރަންމެންޓަލް ސައިންސް / މެނޭޖްމަންޓުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

-          ޑޭޓާ އެއްކޮށް ރިޕޯރޓް ލިޔަން އެނގުން

-          ޕްރޮޖެކްޓްއެއްގައި މަސައްކަތްކޮށްފައިވުން

 

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

-          މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އަލަށް ފޭސްއައުޓް ކުރުމަށް ފާސްވެފައިވާ މާއްދާތަކާއި (ކިގާލީ އެމެންޑްމަންޓްގެ ދަށުން) ގުޅޭގޮތުން ހަދަން ޖެހޭ ރިޕޯރޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ކޮންސަލްޓަންޓުންނަށް އެހޯތެރިވުން

-          ކިގާލީ އެމެންޑްމަންޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން

-          ކިގާލީ އެމެންޑްމަންޓްގައި ހިމެނޭ މާއްދާތަކާއި ބެހޭ މައުލޫމާތު އާންމުންނަށާއި ޓްކްނީޝަނުންނަށް ފޯރުކޮށްދިނުމަށް ލީފްލެޓް ހެދުން

-          ޓެކްނީޝަނުންގެ ދަފްތަރެއް ގާއިމްކޮށް ބެލެހެއްޓުން

-          ދިވެހިރާއްޖޭގައި ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ލައިސސަންސިންގ ސިސްޓަމެއް ގާއިމްކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން

-          މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން އިމްޕޯރޓްކުރުމާއި ބޭނުންކުރުން މަދުކުރުމަށް އެއްބަސްވެފައިވާ މާއްދާތައް ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިމްޕޯރޓް ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތްތައް ކުރުން

-          އޯޒޯން ޔުނިޓުން މޮނިޓަރ ކުރާ މާއްދާތަކުގެ ޑޭޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން

-          މާއްދާތަކުގެ ޑޭޓާތައް ބޭނުންކޮށްގެން މަހުންމަހަށް ރިޕޯރޓް ޖެނެރޭޓް ކުރުން އަދި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުން

-          އޯޒޯން ޔުނިޓުން ހިންގާ އިންސްޓިޓިއުޝަނަލް ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުން. އަދި އެ ޔުނިޓުން ހިންގަމުން ގެންދާ އެންމެހާ މަސައްކަތްތަކުގައި ބައިވެރިވުން

-          ކޯޓާތައް އަހަރުން އަހަރަށް ކަނޑައަޅާ ހުއްދަ ދެވިފައިވާ ފަރާތުން އެކަން ކުރަމުން ގެންދަނީ އެއްބަސްވުމާއި އެއްގޮތަށްތޯ ބަލާ މޮނިޓަރ ކުރުން

-          ޕްރޮޖެކްޓްތަކުގެ ރިޕޯރޓިންގ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމްއަށާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްއަށް އަދި މަލްޓިލެޓަރަލް ފަންޑަށް ފޮނުވުން

-          ޕްރޮޖެކްޓްތަކުން ކުރެވޭ ޚަރަދުތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ރަނގަޅަށް ބެލެހެއްޓުން

ވީމާ މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައި ބަޔާންކުރެވިފައިވމައުލޫމާތުތައް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މަހަކު -/15،600 (ފަނަރަ ހާސް ހަސަތޭކަ) ރުފިޔާދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 12 މަސް ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައި ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392،

 ދިވެހިރާއްޖެ

ފޯނު ނަންބަރު: 3018300

 

29 އޮގަސްޓް 2019

29 އޮގަސްޓް 2019
ހޯދާ