ސަރވިސް އެލަވަންސް
އެހެނިހެން އެލަވެންސް
|
މަސައްކަތްކުރާ ދުވަހަކަށްޖެހޭ 120.00ރުފިޔާ (މަހަކު -/3،600ރުފިޔާ)
1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު)
2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އަމިއްލަ ފަރާތްތަކާއި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން ފަރުވާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯރމް ތައްބަލައިގަނެ ޕްރޮސެސް ކުރުން.
- ފަރުވާ އަށް ލިސްޓް ކުރެވިފައިވާ ފަރާތްތަކުގެ ފަރުވާއާއި ގުޅިގެން ޑްރަގް ކޯޓަށް ފޮނުވަންޖެހޭ ފޯރމްތަކާ ލިޔެކިޔުންތައް ފޮނުވުމާ، އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ ސިޓީތަކާ، ފޯރމްތަކަށް ޖަވާބު ދިނުން.
- ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިންގާ މަރުކަޒުތަކުގައި ފަރުވާހޯދާ ފަރާތްތަކަށް ކޯޓަށް ގޮސްގެން ދޭންޖެހޭ ޤާނޫނީ ލަފާ ދިނުން.
- ރާއްޖޭން ބޭރު ފަރުވާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމާގުޅިގެން ތައްޔާރުކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް އެކަން ބެލެހެއްޓުން.
- ސަރުކާރުގެ މުޢައްސަސާ ތަކުންނާ، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ކުށުގެ ރިކޯރޑް ސާފުކޮށްދިނުން.
- ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާ، ސަރުކާރުގެ އެކި އެކި މުޢައްސަސާ ތަކުން މި އޭޖްނސީޔަށް ފޮނުވާ ސިޓީތަކަށް ޖަވާބު ދިނުން.
- ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހިނގާ އެންމެހާ ޑިވިޝަން، ސެކްޝަން އަދި ޔުނިޓްތަކުގެ މަސައްކަތްތަކާ ގުޅިގެން އެފަރާތުން ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން އެން.ޑީ.އޭގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެންގޮތަކުންވެސް ޙަވާކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި، ހަމަޖެހިފައި އޮންނަ އުސޫލްތަކާއި އެއްގޮތައް ކުރުން. ކަންތައްތައް ކުރުން.
- ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
1. ލިބިފައިވާ ތަޢުލީމު.
2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން.
3. މަގާމުގެ މަސައްކަތުގެ ދާއިރާއ ގުޅޭ ތަޖުރިބާ.
4. އިންޓަވިއުގެ މާކްސް.
5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
6. މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ (މިއެޖެންސީގެ ވެބްސައިޓުގައި މިމަޢުލޫމާތު ލިބެން ހުންނާނެއެވެ).
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %50 (ފަންސާސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ސެޕްޓެންބަރު 08 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 2019ސެޕްޓެންބަރު 9 އާއި 2019 ސެޕްޓެންބަރު 15 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.
|
ޝޯޓް ލިސްޓްކުރުން
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|