އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރ (ޓްރެއިނީ) - އިންފޮމޭޝަން ސިސްޓަމް

އިޢުލާން ނަންބަރު: AS/IUL/2019/014

މަޤާމް: ސޮފްޓްވެއަރ ޑިވެލޮޕަރ (ޓްރެއިނީ)

ޑިޕާޓްމަންޓް: އިންފޮމޭޝަން ސިސްޓަމް

 

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓް ހާސިލްކޮށްފައިވުން.
  2. ސޮޕްޓްވެއަރ ޑިވެލޮޕްްމަންޓް،  “PHP” އަދި MySQL  އިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތަކަށް ޚާއްސަ ސަމާލުކަމެއްދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑިޒައިން އަދި "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ގެ މަސައްކަތް ކުރުން
  2. " ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލިޓީގެ މަސައްކަތް ކުރުން
  3. ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
  4. ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
  5. ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެ އަދި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތް ކުރުން

 

މުސާރަ: -/270 ރުފިޔާ (މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް)

ކުރިމަތިލުމުގެ ސުންގަޑި: 2019 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 އޮގަސްޓް 2019
ހޯދާ