ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހދ.މަކުނުދޫ މެޖިސްޓްރޭޓް ކޯޓްގެ ހައުސްކީޕަރ

c

 

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މެޖިސްޓްރޭޓް ކޯޓް

ހދ.މަކުނުދޫ                                                  

ދިވެހިރާއްޖެ                                                           

                                                                       

           

ވަޒީފާގެ ފުރުޞަތު

ނަންބަރު:B17MC/2019/2

ތާރީޚް:  28އޯގަސްޓް 2019

 

1.     މަޤާމު

ހައުސް ކީޕަރ

ރޭންކް: އެސް.އެސް 1

 

ޢަދަދު

1 (އެކެއް)

ކްލެސިފިކޭޝަން:   ސަޕޯޓް ސްޓާފް 1

 

މަސައްކަތްކުރަންޖެހޭ ތަން

ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓް

 

އަސާސީ މުސާރަ

-/3100  ރުފިޔާ

 

އެލަވަންސް

-          ޖުޑީޝަލް އެލަވަންސް:  -/620 (މުސާރައިގެ %20)

-          ސަރވިސް އެލަވަންސް: މަހަކު  -/1000 ރުފިޔާ

-          ލިވިންގ އެލަވަންސް:  މަހަކު -/2550 ރުފިޔާ

-          އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

 

އަސާސީ ޝަރުޠު

1.      ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި، ޤާބިލުކަންއިންޓަރވިއުގައި ސާބިތުކޮށްދިނުން.

 

އެހެނިހެން ޝަރުތު ތައް

1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި7ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިކޯޓްގެމުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1. ކޯޓްތެރެ ފޮޅާ، ކުނިކަހާ، މޮޕްކުރުމާއި، ފަރުނީޗަރުތައް ފޮހެސާފުކުރުން. 

2- ކޯޓްގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުން ވިނަނޮޅާ، ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

3- ކޯޓަށް ޙާޟިރު ކުރަންޖެހޭ ފަރާތްތަކާއި، ކޯޓް އަމުރު ޙަވާލުކުރުން.

4- ކޯޓުން އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައްފަރުވާތެރިކަމާއެކު ޙަވާލުކުރުން.

5- ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން

6- ކޯޓުން ވަޒީފާއާއި ގުޅިގެން ޒިންމާކުރެވޭމަސައްކަތްތައްކުރުން.

 

ހުށަހަޅަންޖެހޭ ތަކެތި

1-      ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2-      ކުރިމަތިލާ ފަރާތުގެ ވަނަވަރު

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

05 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހދ. މަކުނުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

·         މި މަޤާމަށް އެދިލައްވާ ފަރާތްތަކުންފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ހދ.މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ.

·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6520070

·         ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

·         އިންޓަވިއުއަށް ދައުވަތުދެވޭނީ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

·         އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހައުސްކީޕަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ.

 

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

·         ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީހާލަތެއްގައިހުރި، މަސައްކަތަށް ވަގުތުދެވޭނެ ފަރާތަކަށްވުން.

·         މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއިއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ކުރާ ފަރާތެއް ކަމުގައިވުން.

·         އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.

 

28 އޮގަސްޓް 2019
ހޯދާ