ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުން ވެއްޖެ

 

 (IUL)120/1/2019/45

  

އިޢުލާނު

މުވައްޒަފުން ބޭނުންވެއްޖެ.                                

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:

J-296393

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް. އެސް. 3

މަޤާމުގެ ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް/ ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު 7035/-ރުފިޔާ

މުސާރަ:

މަހަކު 2000/-ރުފިޔާ

ސަރވިސް އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  2. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) (ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ މަޤާމުގެ ޝަރުޠުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ދާއިރާއިން ސެޓްފިކެޓް ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްގެން ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)
  3. ސަޕޯޓިންގ ކޯ އެލަވަންސް 2: 900.00 (ނުވަސަތޭކަ ރުފިޔާ) (ސަޕޯޓިންގ ކޯ އެލަވަންސް 2 ލިބޭނީ ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުޠުހަމަނުވެ ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)

 

އެހެނިހެން އެލަވަންސް:

  1. މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ކަނޑައެޅިފައިވާ ތާރީޚަށް މުވައްޒަފުންނަށް ދިނުމުގެ އިންތިޒާމު ހަމަޖައްސައި ޤަވާއިދުން ބެލެހެއްޓުން.
  2. ވަޒީފާއަށް މީހުން ހޯދުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސެކްޝަންގެ  މުވައްޒަފުން ލައްވައި ކުރުވުމާއި، އަދި އެކަން ހިންގާ ނުހިގާގޮތް ބަލައި ސުޕަވައިޒް ކުރުން.
  3. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާބެހޭ އެންމެހާ ކަމެއް ކުރުވައި ބެލެހެއްޓުން
  4. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ރާވާ ހިންގައި ބެލެހެއްޓުން
  5. މުވައްޒަފުންގެ ހާޟިރީ ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުމާއި ކަނޑައެޅިފައިވާ ތާރީޚަށް ހާޟިރީ ރިޕޯޓް ތައްޔާރުކުރުވުން.
  6. މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ދެނެގަނެ އެފަދަ ފުރުޞަތުތައް މުވައްޒަފުންނަށް ތަނަވަސްކޮށްދިނުމަށްޓަކައި ސެކްޝަންގެ އިސްވެރިޔާއަށް އެކަމުގެ ލަފާދިނުން.
  7. މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުވުމުގެ ގޮތުން އިންޑަކްޝަން ޕްރޮގްރާމް ކުރިޔަށް ގެންދިޔުން
  8. ބޭރުގެ އިމްތިހާނުތަކާއި ބެހޭ އިންވޮއިސްތަކާއި ބެހޭ ޑޭޓާ ބިލް ރަޖިސްޓްރީއަށާއި ސެޕް ސިސްޓަމަށް އެންޓަރކުރުވުމާއިއެކު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ބޭރުގެ އިމްތިހާނާއި ބެހޭ ބިލްތަކަށް ފައިސާ ދެއްކުނުކަން ކަށަވަރުކުރުން.
  9. ކުރިޔަށް އޮތް އަހަރުގެ އަންދާޒާ ބަޖެޓް ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވުން
  10. ވޭތުވެދިޔަ އަހަރުގެ ބަޖެޓް ރިކޮންސެލިއޭޓް ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުވުމާއި ރިކޮންސިލިއޭޝަން ގެ މަސައްކަތްތައް ފުރިހަމަކުރުވުން.
  11. އޮފީހަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމަށް ބޭނުންވާ މުދަލުގެ މަޢުލޫމާތާއި ބެހޭ ޑޭޓާ ކަނޑައެޅިފައިވާ ފޯމްތަކަށް އެންޓަރކުރުވުމާއި ބަޖެޓުގައި ފައިސާ ހުރިކަން ކަށަވަރުކުރުމަށް "ޚަރަދުކުރުމުގެ ހުއްދަ ފޯމް"ގެ އެޕްރޫވަލް ހޯދުމުގެ މަސައްކަތް ކުރުވުން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ދާއިރާ: ހިއުމަން ރިސޯސް

ތައުލީމީ ރޮނގުތައް: ހިއުމަން ރިސޯސް މެނޭޖްމަންޓް

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ސެޕްޓެންބަރު 04 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ފިލާ ބިލްޑިންގ 2 ގެ 2 ވަނަ ފަންގިލާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،2019  ސެޕްޓެންބަރު 10 އާއި 2019 ސެޕްޓެންބަރު 26 އާ ދެމެދުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ބަޕްލިކް އެގްޒޭމިނޭޝަންސް ގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

   

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3009331 އަށެވެ. އީ-މެއިލް ކުރާނީ   [email protected]އަށެވެ.

 

 

     
 

             27 ޛުލްޙިއްޖާ   1440              

             28 އޯގަސްްޓް   2019          

28 އޮގަސްޓް 2019
ހޯދާ