މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިއުލާން

މަޤާމު

ސީނިއަރ ސްޕީޗް ތެރަޕިސްޓް

މަޤާމުގެ ނަންބަރު

J-314033 , J- 310764, J- 312684, J-313294, J-311997

ބޭނުންވާ އަދަދު

 1 (އެކެއް) ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް 

ބޭނުންވާ އަދަދު

 1 (އެކެއް) ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ބޭނުންވާ އަދަދު

 1 (އެކެއް) ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް

ބޭނުންވާ އަދަދު

 1 (އެކެއް) ލ. ގަން ރީޖަނަލް ހޮސްޕިޓަލް

ބޭނުންވާ އަދަދު

 1 (އެކެއް) ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މަޤާމުގެ ގިންތި

ދާއިމީ 

މަޤާމުގެ ރޭންކް

 އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ޑިވިޝަން / ސެކްޝަން

 ތެރަޕިއުޓިކް ޔުނިޓް

މަޤާމު އޮތް އޮފީސް

 ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.

މަސައްކަތް ކުރަންޖެހޭ ތަން

ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.

މުސާރަ

7035/-

ސަރވިސް އެލަވަންސް

2500/-

އިތުރު އިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މައިގަނޑު މަސައްކަތްތައް

  1. ޕޭޝަންޓުންގެ ބަލި ދެނެގަތުމުގައި ބަލިމީހުންނާއި މުއާމަލާތްކޮށްގެން ވާހަކަ ދެއްކުމުގައި އަދި ބަސްބޭނުންކުރުމުގައި އުދަނގޫކަން ހުރި މިންވަރު ދެނެގަތުން.
  2. ފަރުވާއަށް އެދި އަންނަ މީހުންގެ ވާހަކަ ދެއްކުމުގައިހުރި އުދަގޫތައް ދެނެގަތުމަށްޓަކައި "ބޭސިކް ރީޑިންގ ، ވޯކަލައިޒިންގ ޓާސްކް" ފަދަ ސްޓޭންޑަޑައިޒް ޓެސްޓުތައްހެދުން. ފަރުވާ ކުރިއަށްގެންދާނެ އެކިއެކި ގޮތްތައް ދެނެގަތުން.
  3. ވަކިވަކި ބަލިމީހުންނަން ބޭނުންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލައި ކުރިއަށް ގެއްދިޔުން.
  4. ޕޭޝަންޓުންނަން ފަރުވާ ދިނުމުގައި ތަފާތު އަޑުތައް ލެއްވުމާއި އަޑު އިސްލާހު ކުރުމަށް ބަލިމީހުންނަން ދަސްކޮށްދިނުން.
  5. ވާހަކަ ނުދެއްކޭ ނުވަތަ ވަރަށް ކުޑަކޮށް ވާހަކަ ދެއްކޭ ބަލިމީހުންނަން މުއާމަލާތް ކުރުމަށް އެހެނިހެން ގޮތްތައް (ސައިން ލޭންގުއޭޖް) ދަސްކޮށްދިނުން.
  6. ޕޭޝަންޓުންގެ ލިޔުމާއި ކިޔުމުގެ ހުނަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުން.
  7. ކާތަކެތި ދިރުވުމަށް ބޭނުންކުރާ މަސްތައް ވަރުގަދަކުރުމަށާއި ތަރައްގީކުރުމަށް ބަލިމީހުންނާއިއެކު މަސައްކަތް ކުރުން.
  8. ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ބަލިމީހުންނާއި ބެލެނިވެރިންނަން މި ކަންތަކާއި ކުރިމަތިލުމަށް ހިތްވަރު ދިނުމާއި ވާހަކަ ދެއްކުން.
  9. ސެޝަންތަކުގައި ކުރިއަށްގެއްދެވޭފަރުވާ /ހަރަކާތްތައް ގޭގައި ކުރިއަށް ގެއްދިޔުމަށްޓަކައި ބެލެނިވެރިންނަން ތަމްރީނުދިނުން.
  10. ބޭނުންވެއްޖެ ހިނދެއްގައި ކްލިނިކަލް ދާއިރާތަކުގެ ކޮންސަލްޓަންޓުން ، ސައިކޮލޮޖިސްޓުން އަދި އިޖްތިމާއި މަސައްކަތްތެރިންނާއި އެކު އެދެވޭ ނަތީޖާއެއް ނެރުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުތު

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

  ނުވަތަ

  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ          އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން

ތައުލީމީ ރޮނގުތައް

ސްޕީޗް ޕެތަލޮޖީ

ގުޅޭ ވަޒީފާގެ ދާއިރާތައް

ސްޕީޗް ތެރަޕީ

މަޤާމު

ސްޕީޗް ތެރަޕިސްޓް

މަޤާމުގެ ނަންބަރު


J-314034, J-314035, J-310766, J-310767, J-312685, J-313295, J-311998
 

ބޭނުންވާ އަދަދު

2 (ދޭއް) ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް 

ބޭނުންވާ އަދަދު

2 (ދޭއް) ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ބޭނުންވާ އަދަދު

1 (އެކެއް) ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް

ބޭނުންވާ އަދަދު

1 (އެކެއް) ލ. ގަން ރީޖަނަލް ހޮސްޕިޓަލް

ބޭނުންވާ އަދަދު

1 (އެކެއް) ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޓެކްނިކަލް އޮފިސަރ 2

މަޤާމުގެ ކްލެސިފިކޭޝަން:

އެމް.އެސް 2

 

ޑިވިޝަން / ސެކްޝަން

ތެރަޕިއުޓިކް ޔުނިޓް

މަޤާމު އޮތް އޮފީސް

ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.

މަސައްކަތް ކުރަންޖެހޭ ތަން

ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.

މުސާރަ

-/6295

ސަރވިސް އެލަވަންސް

2500/-

އިތުރު އިނާޔަތްތައް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

މައިގަނޑު މަސައްކަތްތައް

  1. ޕޭޝަންޓުންގެ ބަލި ދެނެގަތުމުގައި ބަލިމީހުންނާއި މުއާމަލާތްކޮށްގެން ވާހަކަ ދެއްކުމުގައި އަދި ބަސްބޭނުންކުރުމުގައި އުދަނގޫކަން ހުރި މިންވަރު ދެނެގަތުން.
  2. ފަރުވާއަށް އެދި އަންނަ މީހުންގެ ވާހަކަ ދެއްކުމުގައިހުރި އުދަގޫތައް ދެނެގަތުމަށްޓަކައި "ބޭސިކް ރީޑިންގ ، ވޯކަލައިޒިންގ ޓާސްކް" ފަދަ ސްޓޭންޑަޑައިޒް ޓެސްޓުތައްހެދުން. ފަރުވާ ކުރިއަށްގެންދާނެ އެކިއެކި ގޮތްތައް ދެނެގަތުން.
  3. ވަކިވަކި ބަލިމީހުންނަން ބޭނުންވާ ފަރުވާގެ ޕްލޭނެއް އެކުލަވާލައި ކުރިއަށް ގެއްދިޔުން.
  4. ޕޭޝަންޓުންނަން ފަރުވާ ދިނުމުގައި ތަފާތު އަޑުތައް ލެއްވުމާއި އަޑު އިސްލާހު ކުރުމަށް ބަލިމީހުންނަން ދަސްކޮށްދިނުން.
  5. ވާހަކަ ނުދެއްކޭ ނުވަތަ ވަރަށް ކުޑަކޮށް ވާހަކަ ދެއްކޭ ބަލިމީހުންނަން މުއާމަލާތް ކުރުމަށް އެހެނިހެން ގޮތްތައް (ސައިން ލޭންގުއޭޖް) ދަސްކޮށްދިނުން.
  6. ޕޭޝަންޓުންގެ ލިޔުމާއި ކިޔުމުގެ ހުނަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުން.
  7. ކާތަކެތި ދިރުވުމަށް ބޭނުންކުރާ މަސްތައް ވަރުގަދަކުރުމަށާއި ތަރައްގީކުރުމަށް ބަލިމީހުންނާއިއެކު މަސައްކަތް ކުރުން.
  8. ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަން ހުންނަ ބަލިމީހުންނާއި ބެލެނިވެރިންނަން މި ކަންތަކާއި ކުރިމަތިލުމަށް ހިތްވަރު ދިނުމާއި ވާހަކަ ދެއްކުން.
  9. ސެޝަންތަކުގައި ކުރިއަށްގެއްދެވޭފަރުވާ /ހަރަކާތްތައް ގޭގައި ކުރިއަށް ގެއްދިޔުމަށްޓަކައި ބެލެނިވެރިންނަން ތަމްރީނުދިނުން.
  10. ބޭނުންވެއްޖެ ހިނދެއްގައި ކްލިނިކަލް ދާއިރާތަކުގެ ކޮންސަލްޓަންޓުން ، ސައިކޮލޮޖިސްޓުން އަދި އިޖްތިމާއި މަސައްކަތްތެރިންނާއި އެކު އެދެވޭ ނަތީޖާއެއް ނެރުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުތު

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް

ސްޕީޗް ޕެތަލޮޖީ

ގުޅޭ ވަޒީފާގެ ދާއިރާތައް

ސްޕީޗް ތެރަޕީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ    ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް       ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

9. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މަސައްކަތް ކުރުމަށް ބޭނުންވާ ހޮސްޕިޓަލަކަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހޮސްޕިޓަލު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3014306 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ [email protected]  ނުވަތަ [email protected] އެވެ.

 
27 އޮގަސްޓް 2019
ހޯދާ