ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރިންގ ގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. 2019 ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ކޭޓަރިންގ ގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ރަސްމިއްޔާތަށް ކޭޓަރިންގ ގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. މަސައްކަތުގެ ތަފްސީލް:
  • ރަސްމިއްޔާތު ފެށޭނީ: 21 ސެޕްޓެމްބަރ 2019 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި
  • ސައި ތައްޔާރު ކުރެވިފައި ހުންނަންޖެހޭނެ ގަޑި: 22:00
  • ސައި ތައްޔާރު ކުރަންޖެހެނީ 800 ބޭފުޅުންނަށެވެ.
  • ހެދިކާއަޅާތަށީގެ ( ސައިޑް ޕުލޭޓް ) ސައިޒްގައި މަދުވެގެން "7 ހުންނަންވާނެއެވެ.
  • ގްރެޖްއޭޝަންގެ ސައި ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ދަރުބާރުގޭގެ 2 މާލަމެއް (ދޮށިމޭނާމާލަމާއި ފާށަނާ މާލަމް) ގައެވެ.
  • ބުފޭ ޓޭބަލް ހުންނަންވާނީ ދެފަރާތުން ކައިރިވެވޭގޮތަށް ކޮންމެ މާލަމެއްގައި 2 ބުފޭ ޓޭބަލްއެވެ.
  • ޕޯޑިއަމްގައި ފެންތަށި ބެހެއްޓުން

3. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މެނޫއާއެކު އަގުހުށަހެޅުއްވުން އެދެމެވެ.

4. މި ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތާއި ބީލަން ވަޒަންކުރާނެގޮތުގައި ބަޔާން ކޮށްފައިވާނެއެވެ. ލިޔެކިޔުންތައް ހަމަނުވާ ބީލަންތަކާއި މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތަކާއި މިމަޢުލޫމާތު ޝީޓްގައި ދީފައިވާ އިރުޝާދާ ޚިލާފަށް ހުށަހަޅާ ބީލަންތައް އަދި މަޢުލޫމާތު ޞައްޙަނޫން ބީލަންތައް ބާޠިލުވާނެއެވެ.

5. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް 2019 ސެޕްޓެމްބަރ 03 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

6. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

7. މި ބީލަމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ހުށަހަޅާ އަގު:             50%

ތަޖުރިބާ:                20%

މެނޫ:                  30%

8. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

 

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345106، 3345111، 3345148

އީ-މެއިލް: [email protected]

 

26 ޛުލްޙިއްޖާ   1440

27 އޮގަސްޓް   2019

 

 

 

 

 

 

27 އޮގަސްޓް 2019
ހޯދާ