އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކައުންސިލަށް 3 ޓަނުގެ ޕިކަޕެއް ހޯދުން:

މި ކައުންސިލަށް މި ކައުންސިލުންދޭ މަޢުލޫމާތާއެއްގޮތަށް 3 ޓަނުގެ ޑަންޕު ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއްހޯދަން ބޭނުން ވެއްޖެއެވެ.

            ވީމާ، މި މަސައްކަތް މި ކައުންސިލަށްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 05 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

            މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހަޅަން ޙާޟިރުވާ ފަރާތްތަކުން އެ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ.  މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ.

25 އޮގަސްޓް 2019
ހޯދާ