ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަމްބަރ: IUL 10-F/10/2019/96
އިޢުލާން
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ އެކިއެކި ކަންތައްތަކުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް 03 ސެޕްޓެންބަރު 2019 (އަންގާރަ) ދުވަހުގެ ރޭ ދަރުބާރުގޭގައި ބައްދަލުކޮށްލެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާ 250 ބޭފުޅުންނަށް ރޭގަނޑުގެ ފަރިއްކޮޅެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
20 ޒުލްޙިއްޖާ 1440
21 އޮގަސްޓް 2019