މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ބޮޑު ކައްކާ

އިޢުލާން

ވަޒީފާގެ ފުރުޞަތު

     ތިރީގައި މިދަންނަވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަޤާމް

ބޮޑު ކައްކާ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ މުއްދަތު / މަސައްކަތް ކުރަންޖެހޭ ވަގުތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 14 އޮކްޓޯބަރ 2019 ގެ ނިޔަލަށް.

ޝިފްޓް އުސޫލުން (ހަފްތާއަކު 6 ދުވަސް)

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް. ޕީ. އެސް. އެން) / ކ. ގުރައިދޫ

އުޖޫރަ:

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 333.3 ރ (ތިންސަތޭކަ ތިރީސް ތިން ރުފިޔާ ތިން ލާރި)

(މަހަކަށް ޖެހޭ އަދަދު -/10,000 ރުފިޔާ އަށް ވުރެ ބޮޑު ނުވާގޮތަށް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަދިގޭގެ މަސައްކަތާއިގުޅޭ އެންމެހާ ކަންތައްތައް އެކަމާ ހަވާލުވެ ހުންނަވާ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
  2. ބަދިގެތެރެ ސާފުކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަންމަތީ ކާބޯތަކެތި ތައްޔާރުކުރުމާއި ބަދިގޭގައި އުޅޭއިރު ސާފުކޮށް ހުރުން.
  3. ކޮންމެ ދުވަހަކަށްވެސް ބޭނުންވާ ކާބޯތަކެތި އެދުވަހެއްގެ މެނޫއާއި އެއްގޮތްވާ ގޮތިގެ މަތިން ގަޑިއަށް ތައްޔާރުކޮށް ފޯރުކޮށްދިނުން.
  4. ބަދިގޭގައި ބޭނުންކުރާ ތަކެތި އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
  5. ބަދިގެއަށް ބޭނުންވާ ތަކެތި ހޯދުމަށް އިސްކައްކާއަށް އެދި އެފަދަ ތަކެތި ހޯދުން.
    1. ޙަވާލުކުރެވޭ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާ ކުރުން.
    2. މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

މަގާމުގެ ޝަރުތުތައް:

ލިޔަންކިޔަން އެނގުން.

 

(ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން)  

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • އަތޮޅުތަކަށާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތްތައް.
  • އަމިއްލަ ރަށް ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތްކުރެވޭނެ ފަރާތްތައް.
  • މިނިސްޓްރީގައި އެއް މަސް ދުވަސް ވަންދެން މަސައްކަތް ކުރެވޭނެ ފަރާތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ކ. ގުރައިދޫގައި ހުންނަ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެމްބަރ މަހު، ކ. ގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %35 (ތިރީސްފަސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027529 ނަންބަރު ފޯނަށް، ނުވަތަ 6640361 ނަންބަރު ފޯނަށެވެ.

އީ-މެއިލް ކުރާނީ  [email protected] އަށެވެ.

20 ޛުލްޙިއްޖާ 1440ހ

21 އޮގަސްޓް 2019މ

21 އޮގަސްޓް 2019
ހޯދާ