މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ

އަންދާސީހިސާބު ބޭނުންވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތިލަދުންމަތީ އުތުރުބުރީ (ހއ) އުލިގަމުގައި 100 (ސަތޭކަ) އެނދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރުމަށް 27 ފެބުރުވަރީ 2007 ގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ.) އާއި އެގްރީމެންޓް ކުރެވުނު ބިން 21 ޖުލައި 2015 ގައި ވަނީ ބާޠިލުކުރެވިފައެވެ. އެހެންކަމުން، އެމް.ޓީ.ޑީ.ސީ. އިން އެބިމަށް ކޮށްފައިވާ އިންވެސްޓްމެންޓު ދެނެގަތުމަށް މިމިނިސްޓްރީއިން ބޭނުންވެއެވެ. އެގޮތުން، އިސްވެދެންނެވުނު މަސައްކަތް ކޮށްދޭނެ ކުއަންޓިޓީ ސަރވެޔަރެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ކުއަންޓީޓީ ސަރވެޔަރުން 22 އޮގަސްޓު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮގަސްޓު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

18 ޛުލްޙިއްޖާ 1440

19 އޮގަސްޓް 2019
ހޯދާ