ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/167
އިޢުލާން
އަލިފާން ނިވިތައް ސާރވިސްކުރުމާއި ގުޅޭ:
މި ކުންފުނީގެ ބްރާންޗުތަކުގައި ބޭނުން ކުރަމުން ގެންދާ އަލިފާން ނިވިތައް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2019/127 އިޢުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުންމި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 ސެޕްޓެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ، މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
18 ޛުލްޙައްޖް 1440
19 އޮގަސްޓް 2019