ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ. ނަމްބަރ: IUL 10-F/10/2019/94
އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ބޭނުންވާ ފަރުނީޗަރ ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ (IUL)10-F/10/2019/89 (29 ޖުލައި 2019) އިޢުލާނާއި ގުޅިގެން މައުލޫމާތަށް ޙާޟިރުވެފައިވަނީ އެންމެ ދެ ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އެ ތަކެތި ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
07 އޮފީސް ޓޭބަލް
01 ފޯލްޑިން ޓޭބަލް
07 ލޯ ބެކް ޗެއަރ
02 ފައިލިން ކެބިނެޓް
ވީމާ، މި ތަކެތި ވިއްކުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮގަސްޓް 2019 ބުރާސްފަތި ދުވަހުގެ 13:00ށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.
18 ޒުލްޙިއްޖާ 1440
19 އޮގަސްޓް 2019