ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު: ފަރުނީޗަރ އަދި ފިކްސްޗަރސް ސަޕްލައިކުރުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ފަރނިޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MNU-CA-PAMD/2019/39 އިއުލާނަށް 3 ފަރާތުން ކޮލިފައިވެފައި ނުވާތީ މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ.
  3. ބީލަން ހުށަހެޅުން އޮންނާނީ 21 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާނީ އިސްވެބަޔާންކުރި އެޑްރެސްގެ ރިސެޕްޝަން އޭރިއާއަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

 

17 ޛުލްހިއްޖާ 1440

18 އޮގަސްޓް 2019
ހޯދާ