ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/157
އިޢުލާން
ހއ. ދިއްދޫ ހައުސިން ޔުނިޓް އޭރިޔާގައި ލައިޓް ޕޯސްޓް ފައުންޑެޝަން އެޅުމުގެ އެންމެހާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްްގޮތަށް ހއ. ދިއްދޫ ހައުސިން ޔުނިޓް އޭރިޔާގައި ލައިޓް ޕޯސްޓް ފައުންޑޭޝަން އެޅުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 11:00އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހއ.ދިއްދޫ ބްރާންޗުގައެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި ބިޑް ޑޮކިއުމަންޓް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
07 ޛުލްޙިއްޖަ 1440
08 އޮގަސްޓް 2019