މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ނަރސް (ފުލްޓައިމް)

އިޢުލާން

މި މިނިސްޓްރީއާއި  މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

ނަރސް (ފުލްޓައިމް)

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (01 އަހަރު)

ސެކްޝަން

ފިޔަވަތި، ހުޅުމާލެ

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުޞޫލުން، ދުވާލަކު 8 ގަޑިއިރު)

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ބެޗަލާސް ޑިގްރީ + 2 އަހަރުގެ ތަޖުރިބާ، ނުވަތަ 4 އަހަރުގެ ތަޖުރިބާ):

-          މަސައްކަތުގެ އެލަވަންސް މަހަކު: 6295.00 ރުފިޔާ

-          ރިސްކް އެލަވަންސް މަހަކު: 2500.00 ރުފިޔާ

-          ސްޕެޝަލް އެލަވަންސް މަހަކު: 6205.00 ރުފިޔާ

 

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ + ނަރސިންގ ޕްރެކްޓިސްކުރުމަށް ރެޖިސްޓަރކުރެވިފައި):

-          މަސައްކަތުގެ އެލަވަންސް މަހަކު:   5610.00ރުފިޔާ

-          ރިސްކް އެލަވަންސް މަހަކު: 2500.00 ރުފިޔާ

-          ސްޕެޝަލް އެލަވަންސް މަހަކު: 4463.50 ރުފިޔާ

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ސެޓްފިކެޓް 4 + ނަރސިންގ ޕްރެކްޓިސްކުރުމަށް ރެޖިސްޓަރކުރެވިފައި):

-          މަސައްކަތުގެ އެލަވަންސް މަހަކު:   4465.00ރުފިޔާ

-          ރިސްކް އެލަވަންސް މަހަކު: 2500.00 ރުފިޔާ

-          ސްޕެޝަލް އެލަވަންސް މަހަކު: 3572.00 ރުފިޔާ

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1)      ފިޔަވަތީގައި ތިބޭ ކުދިންގެ ސިއްޙީ ހާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކުދިންގެ ސިއްޙީ ހާލަތު ދެނެގަތުން. އަދި ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓުން.

2)      ދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކަންޖެހޭ ކުދިން ފާހަގަކޮށް ސުޕަވައިޒަރުންނާއި، ކޭސްވޯރކަރުންނަށް އިރުޝާދު ދީ މެޑިކަލް ކަންކަމާގުޅޭ އިންތިޒާމްތައް ހަމަޖެއްސުން.

3)      ކުދިންނަށް ދިމާވާ ސިއްޙީ މައްސަލަތައް ފާހަގަކޮށް އިތުރު ފަރުވާ ބޭނުންވާ ކުދިން ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

4)      ދުވަހުން ދުވަހަށް ކުދިންނަށް ދޭންޖެހޭ ބޭސް ގަވާއިދުން ދިނުމަށް ކުދިން ބަލަހައްޓާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ގަވާއިދުން ބޭސް ދެމުން ދޭތޯ ބަލާ ޗެކްކުރުން.

5)      ސިއްޙީ ގޮތުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކުދިން ފާހަގަކޮށް އެކުދިންގެ ހާލަތު އަވަސްއަވަހަށް މޮނިޓަރކުރެވޭނެ އިންތިޒާމް ހަމަޖެއްސުން. އަދި ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތަކަށް ކުއްޖަކު ގޮސްފިނަމަ ލަސްނުކޮށް އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުން.

6)      ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ކުދިން ކައިރިއަށް ޒިޔާރަތްކޮށް ޑިސްޗާޖް ކުރުމުގެ ކުރިން ހާލަތު އޮޅުން ފިލުވުން. އަދި ޑިސްޗާޖް ކުރުމުން ޑިސްޗާރޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރާއި، ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހާ މަޢުލޫމާތު ފޯރުކޮށްދިނުން.

7)      ހޮސްޕިޓަލުން އަލަށް މަރުކަޒަށް ގެނެވޭ ކުދިންގެ މެޑިކަލް ހިސްޓްރީއާއި ޑިސްޗާޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރުންނާއި ކޭސްވޯރކަރުންނަށް އިރުޝާދު ދިނުން.

8)      ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް މަރުކަޒުގެ ކުއްޖަކަށް ޖެހިއްޖެނަމަ، ކުދިންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަތީގެ މެނޭޖްމަންޓާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

9)      މަހަކު އެއްފަހަރު ހުރިހާ ކުދިން ހެދިބޮޑުވާގޮތް (ބަރުދަން، އިސްކޮޅު) ބަލާ ރެކޯޑްކުރުން.

10)  ވެކްސިންދޭންޖެހޭ އުމުރުގެ ކުދިންނަށް ގަވާއިދުން ވެކްސިން ދީ ރެކޯޑް ބެލެހެއްޓުން.

11)  ރާއްޖެއިން ބޭރަށް ފަރުވާހޯދަން ގެންދަންޖެހޭ ކުދިންގެ މެޑިކަލް ޑޮކިއުމަންޓްތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކަށް ހިއްސާކޮށް އެކުދިންގެ ފަރުވާ ކުރިއަށް ގެންދާގޮތް މޮނީޓަރކުރުން. އަދި އެފަދަ ކުދިންނާއެކު ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުން ދިއުން.

12)  ޞިއްޙީ ގޮތުން ކުދިންނަށާއި ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ސެޝަންތައް ނަގައިދިނުން.

 

މަޤާމުގެ ޝަރުތުތައް:

  1. ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުމާއި އެކު 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން ނުވަތު ރެޖިސްޓަރޑް ނާރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ނުވަތަ

  1. ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ހާޞިލްކޮށްފައިވުމާއެކު ނާރސިންގ ޕްރެކްޓިސްކުރުމަށް މޯލްޑިވްސް ނަރސިން ކައުންސިލްގައި ރަޖިސްޓަރކުރެވިފައިވުން.

ނުވަތަ

  1. ސެޓްފިކެޓް ލެވެލް 4 ހާޞިލްކޮށްފައިވުމާއެކު ނާރސިންގ ޕްރެކްޓިސްކުރުމަށް މޯލްޑިވްސް ނަރސިން ކައުންސިލްގައި ރަޖިސްޓަރކުރެވިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

-          ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

-          ކުދިން ބެލެހެއްޓުމުގައި ތަޖުރިބާ ލިބިފައިހުރި ފަރާތްތައް.

-          މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ.

-          ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓްގެ ކޮޕީ.

-          ރަޖިސްޓާރޑް ނަރުހެއްކަން އަންގައިދޭ ލިޔުމުގެ ކޮޕީ.

-          މޯލްޑިވްސް ނަރސިން ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

-          ޕޮލިސް ރެކޯޑް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2019 އޮގަސްޓް 25 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލެ އަށެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލޭ ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027606 ނަންބަރު ފޯނަށެވެ.

 

 

07 ޒުލްޙިއްޖާ 1440ހ

08 އޮގަސްޓް 2019މ

08 އޮގަސްޓް 2019
ހޯދާ