މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އެގްޒެކެޓިވް

                                                 

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                         އިޢުލާން ނަންބަރު: (IUL)MMPRC-HR/1/2019/50 

 

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ޕްރޮކިއުމަންޓް އެގްޒެކެޓިވް

- އަސާސީ މުސާރަ (މަހަކު):  6,600/-ރުފިޔާ

- އެލަވަންސް (މަހަކު):4,400/-  ރުފިޔާ

 - (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާރޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

 

ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމަށް ބޭނުންވާ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން (ނުވަތަ)

ށ. މަޤާމަށް ބޭނުންވާ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ޕްރޮފެޝަނަލް ސެޓްފިކެޓް/އެޑްވާންސްޑް ޑިޕްލޮމާ/އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 މިކޯޕަރޭޝަނުން ބޭނުންކުރާ ޕްރޮމޯޝަނަލް މެޓީރިއަލްތަކުގެ ސްޓޮކް ބެލެހެއްޓުމާއި ގުދަނުން ތަކެތި ދޫކުރުން އަދި ގުދަން ބެލެހެއްޓުން

  1. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި އާރް.އެފް.ޕީތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ތައްޔާރުކުރުން.
  2. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުން ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.
  3. މާކެޓިންގ އިވެންޓްތަކާއި އެހެނިހެން އިވެންޓުތަކާއި ގުޅުންހުރި ބިޑުތަކުގެ އިވެލުއޭޝަން ރިޕޯރޓްތައް ތައްޔާރުކުރުމާއި، ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިއްމު ލިޔުންތައް އޯޑިޓްއަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށައެޅުން.
  4. އެކި ފަރާތްތަކާއި އެކު މިކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ޑްރާފްޓްކޮށް އެކަމާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. ބިޑްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދޭންޖެހޭ އެވޯޑް ލެޓާރތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  6. ކޯޕަރޭޝަންއަށް ބޭނުންވާ ޙިދުމަތާއި ތަކެތި ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން.
  7. ސެކްޝަންގެ ސިޓީ ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

 

ހުށައަޅަންވީ ތަނާއި ތާރީޚް: 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި ކޯޕަރޭޝަން  (ހ. ޒޮނޭރިއާ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނުމަގު) އަށް.

 

ހުށައަޅަންޖެހޭ ލިޔުންތައް:

-  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

-  ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

-  ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، ތަޢްލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ.  ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމިގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

އެޑްރެސް ކުރައްވާނީ:

ހ ޠައްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

07 އޮގަސްޓް 2019

 

07 އޮގަސްޓް 2019
ހޯދާ